ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)340/340/2021/16
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 17 މާރިޗު 2021 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫކައުންސިލަށް މަސައްކަތު މުވައްޒަފެއް ހޯދުން

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-228091

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް . އެސް - 1

މަޤާމުގެ ކްލެސިފިކޭޝަން :

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

އއ. ރަސްދޫ ކައުންސިލްގެ އިދާރާ/ އއ. ރަސްދޫ.

މުސާރަ :

-/3,100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސުގެ ގޮތުގައި ކޮންމެ މަހަކު -/1،200  ރުފިޔާ ދެވޭނެއެވެ.

އަދި ދިވެހި ސިވިލް ސަރވިސް ޤަވާޢިދުގައި ވާގޮތުގެމަތިން ބަނދު ދުވަހެއްގައި ނުވަތަ އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ އިތުރުގަޑީގެ ފައިސާ ޢާއި، ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އިނާޔަތް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާ އާއި، ރަސްދޫ އިޖުތިމާޢީ މަރުކަޒްގެ އެންމެހައި ގޮނޑި، މޭޒް އަދި އެންމެހައި މެސަނަރީތަކާއި، ފަންކާތަކާއި، ލައިޓްތައް ރަސްދޫ ކައުންސިލް އިދާރާއިން ހަމަޖައްސާފައި އޮނަ އުޞޫލެއްގެމަތިން ހަޑިވިޔަނުދީ ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  2. ރަސްދޫ ކައުންސިލް އިދާރާ އާއި، ރަސްދޫ އިޖުތިމާޢީ މަރުކަޒްގެ އިތުރުން ރަސްދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި އެންމެހާ ތަކެއްޗާއި ތަންތަން ރަސްދޫ ކައުންސިލް އިދާރާއިން ހަމަޖައްސާފައި އޮނަ އުޞޫލެއްގެމަތިން ހަޑިވިޔަނުދީ ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  3. ރައީސް އިންނަވާ ކެބިން، ކައުންސިލަރުންގެ ކެބިންގ އަދި އިދާރީ އިސްވެރިންނާއި، މިނޫނަސް އިދާރާގެ އެތެރޭގެ ހުރިހައިތަނެއްގެ ތަޅުންމަތި މަދުވެގެން ރަސްމީ ކޮންމެ ހަފުތާއެއްގެ ދެ ދުވަހު ކުނިކަހާ ސާފުކޮށް މޮއްޕުޖެހުން. އަދި މީގެ އިތުރުންވެސް ކިލާވެ ހަޑިވެފައިވާނަމަ މިފަދަ ކޮންމެ ދުވަހަކު އެތަންތަން ސާފުކޮށް ކުނިކަހާ މޮއްޕުޖެހުން.
  4. ކައުންސިލް އިދާރާ އާއި، ރަސްދޫ އިޖުތިމާޢީ މަރުކަޒްގެ އިދާރީ ލިޔެކިއުންތައް އަޅާ ޑަސްބިންތަކާއި،  ސައިކޮޓަރީގެ ޑަސްބިންނަގާ ސާފުކޮށް އުކާލުމާއި، އަދި ކޮންމެ ރަސްމީދުވަހެއްގެ ހެނދުނު   9:30ގެ ކުރިން އިދާރާގެ ހުރިހާ ފާޚާނާތަކެއް ދޮވެ ސާފުކުރުން.
  5. ކައުންސިލް އިދާރާ އާއި، ރަސްދޫ އިޖުތިމާޢީ މަރުކަޒްގެ ގޯތިތެރެއާއި ވަށައިގެން ބޭރު މަގުތައް ހަދިވިޔަނުދީ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއެކު އަދި މީގެއިތުރުން ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ޕާކުތަކާއި، ޕޮޓުތައް ސާފުކޮށް  ގަސްތަކަށް ފެންޖަހާ ބެލެހެއްޓުން.
  6. ކައުންސިލް އިދާރާ އާއި، ރަސްދޫ އިޖުތިމާޢީ މަރުކަޒުން އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ އެންމެހައި ލިޔެކިއުންތައް ޙަވާލުކުރުމާއި، އިޢުލާނު / އެންގުން ފަދަ ތަކެތި ރަށުތެރޭގައި  ބެހެއްޓުން.
  7. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ ، އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި މަސައްކަތު މީހެއްގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  8. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނަރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  9. ކައުންސިލް އިދާރާ އާއި، ރަސްދޫ އިޖުތިމާޢީ މަރުކަޒުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ފޮޅާ ސާފުކުރުން ނުވަތަ ކްލެރިކަލް ސަޕޯޓް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

 މި މަޤާމަކީ ޕްރިފަރޑް ޑިސިޕްލިން ކަނޑައެޅިފައިނުވާ މަގާމަކަށްވާތީ މި މަގާމަށް ޕްރިފަރޑް ޑިސިޕްލިން އެލަވަންސް ނުލިބޭނެއެވެ.

މި މަގާމަކީ ކޯ ޑިސިޕުލިންގ ކަންޑައެޅިފައިނުވާ މަގާމަކަށް ނުވާތީ މި މަގާމަށް ކޯ ޑިސިޕްލިން އެލަވަންސް ނުލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމި ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާ ޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ :

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)   މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެބައިތައް

ޕޮއިންޓް

އިންސައްތާ

%

ކެޓެގަރީގެ ޖުމްލަ

އިންސައްތަ

ތަޢުލީމް

ލިބިފައިވާ ތަޢުލީމް

25

10

10

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

30

30

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

60

60

ޖުމްލަ

145

100

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 މާރޗް 2021 ވަނަ ދުވަގުގެ  14:00 ގެ  ކުރިން، މި އިދާރާ (އއ. ރަސްދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް ([email protected])  މެދުވެރިކޮށް ވެސް ބަލައިގަނެ ވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،   18 މާރޗް 2021 އާއި 08 އޭޕްރީލް 2021  އާ ދެމެދު، މި އިދާރާ (އއ. ރަސްދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ސޯސަލް ޕޭޖްތަކުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660714  އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

09 މާރިޗު 2021