ވަޒީފާގެ ފުރުޞަތު
ނަންބަރު: GS03/IUL/2021/05
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 17 މާރިޗު 2021 14:00
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

މި އިޢުލާންވަނީ 09 މާރިޗު 2021 12:12 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :

ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމުގެ ނަންބަރ :

J-233529

ބޭނުންވާ ޢަދަދު :

01

މަޤާމުގެ ގިންތި : 

ދާއިމީ

މަޤާމުގެ ރޭންކު:

އީއެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓީއެސްއޯ 6

ވަޒީފާ އަދާކުރަންޖެހޭ ތަން :

ހިތަދޫ ސްކޫލް ، އައްޑޫސިޓީ ، ހިތަދޫ

މުސާރަ:

8835.00

ސަރވިސް އެލަވަންސް:

2500.00

ޓެނުއަރޝިޕް އެލަވަންސް:

2000.00

އިތުރު ޢިނާޔަތްތައް :

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. މަޤާމާއި ގުޅިގެން ލިބޭ ފޯން އެލަވަންސް.

6- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެ، ( ޓެކްނިކަލް ކޯ އެލަވަންސް ލިބޭނެ ކޯ ޑިސިޕްލިންގ އަކީ ސްކޫލް މެނޭޖްމެންޓް ) ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

 

 

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

MS 2

900.00ރުފިޔާ

EX 1

1100.00ރުފިޔާ

EX 4

1300.00ރުފިޔާ

MS 3

900.00ރުފިޔާ

EX 2

1100.00ރުފިޔާ

EX 5

1500.00ރުފިޔާ

MS 4

900.00ރުފިޔާ

EX 3

1300.00ރުފިޔާ

EX 6

1500.00ރުފިޔާ

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :    

 

 

 

  1. ޙަވާލުކުރެވޭ ދަންފަޅީގައި ސްކޫލްގެ ކިޔަވައިދިނުމާއިގުޅޭ އެންމެހާ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ސްކޫލްގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ސްކޫލްގެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
  4. ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
  5. ޙަވާލުކުރެވޭ ދަންފަޅީގެ ލީޑިންގ ޓީޗަރުންގެ މަސައްކަތް ކޯޑިނޭޓްކޮށް ޢަވާޢިދުން ހަފްތާއަކު އެއްފަހަރު ރިވިއު މީޓިންގތައް ބޭއްވުން.
  6. އައު މަންހަޖު ތަންފީޒުވަމުންދާވަރު ބަލައި، ދަރިވަރުން ވަޒަންކުރެވެމުންދަނީ އޭ.އެފް.އެލް އާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުން.
  7. ދަރިވަރުންނަށް ޙާޞިލުވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު މީޓިންގތައް ބާއްވައި، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއު ކުރުން.
  8. ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައި ދިނުމުގެ ގޮތުން ބައްދަލުވުންތައްރާވައި ހިންގުން.
  9. ލީޑިންގ ޓީޗަރުންނާއި އެހެނިހެން އިދާރީ މުވައްޒަފުންގެ ތެރެއިން ޙަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ޤަވާޢިދުން އެޕްރައިޒަލް ފޯމު ފުރިހަމަކުރުން.
  10. ސެޝަނުގެ އެސެމްބްލީ ކޯޑިނޭޓް ކުރުން.
  11. ސްކޫލްގެ ކިޔަވައިދިނުމުގެ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ބެލުމުގައި މިނިސްޓްރީން ހައްދަވާފައިވާ މީމިސްގެ ތެރެއިން ސްކޫލާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަވޭތޯ ބަލައި މީމިސްއާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  12. ސެޝަން މީޓިންގތައް ބޭއްވުން.
  13. ސެޝަންގެ ހުރިހާ ކްލަބްތަކެއް ކޯޑިނޭޓްކޮށް މޮނިޓަރ ކުރުން.
  14. ސްކޫލްގެ ފަރާތުން ސްކޫލް ތަމްސީލުކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ޙާޟިރުވެ، ސްކޫލް ތަމްސީލު ކުރުން.
  15. މުޖުތަމަޢާއި ސްކޫލާއި ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތް ކުރުން.
  16. ޕްރިންސިޕަލް ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ސްކޫލް ހިންގުމާއި ޙަވާލުވެ ސްކޫލް ހިންގުމުގެ އެންމެހާ ޒިންމާތައް އަދާކުރުން.

 

މަޤާމުގެ ރޭންކާއި ، ކްލެސިފިކޭޝަނާއި ، ޝަރުޠާއި ، އަސާސީ މުސާރައާއި ، ސަރވިސް އެލަވަންސް.

 

 

ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

 

ޝަރުޠު

 

ކްލެސިފިކޭޝަން

 

 

ރޭންކް

 

 

މަޤާމް

 

2500.00

6295.00

 

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 3

MS

2

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

 

 

 

 

 

 

2500.00

 

 

 

 

 

 

 

 

 

 

 

 

 

 

 

2500.00

 

 

 

7035.00

 

 

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ޓީޗިންގ ސަރވިސް

އޮފިސަރ 4

 

 

MS

3

 

 

 

 

 

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

 

 

 

 

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

 

 

 

 

 

7875.00

 

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

ޓީޗިންގ ސަރވިސް

އޮފިސަރ 5

 

 

 

MS

4

 

 

 

 

8835.00

 

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

ޓީޗިންގ ސަރވިސް

އޮފިސަރ 6

 

 

 

 

EX

1

 

 

9890.00

 

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ޓީޗިންގ ސަރވިސް

އޮފިސަރ 7

 

 

EX

2

 

11065.00

 

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 8

EX

3

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

 

 

 

12400.00

 

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 9

EX

4

13890.00

 

- ޓީޗިން ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 10

EX

5

15560.00

 

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 11

EX

6

               

މަގާމުގެ ތަޢުލީމީ ރޮނގުތައް:

އެޑިއުކޭޝަން/ ސްޕެޝަލައިޒްޑް ސަބްޖެކްޓް/ ޓީޗިންގ

ގުޅޭ ވަޒީފާގެ ދާއިރާތައް:

ޓީޗިންގ ސާވިސަސް/ ސްކޫލް މެނޭޖްމެންޓް

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/download/2249 ( އަދި  ހިތަދޫ ސްކޫލް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)   އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށްވަރުކުރުމަށް އިންޓަވިއު ކޮއްގެން.

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި :

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 17 މާރިޗް 2021 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، ހިތަދޫ ސްކޫލްގެ އޮފީހަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރި ކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން  އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން :

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން ) އޮންނާނެ ތަނާއި، މުއްދަތު :

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 މާރިޗް 2021 އާއި 24 މާރިޗް 2021 އާއި ދެމެދު، ހިތަދޫ ސްކޫލް ގައެވެ.

އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން :

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6886908 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

25 ރަޖަބު 1442

                                                   ޑރ.އާސިޔަތު މުޙައްމަދު ދީދީ

                                                        ޕްރިންސިޕަލް     

09 މާރިޗު 2021