ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)234-C/234/2021/12
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 15 މާރިޗު 2021 11:00
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ދިއްގިރި އަދި އދ. ރައްދިއްގާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

 އދ. ދިއްގިރި އަދި އދ. ރައްދިއްގާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

            މިކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ އދ. ދިއްގިރި އަދި އދ. ރައްދިއްގާ ކޮންޓްރެކްޓް އުސޫލުން ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވިމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2021 ވާ ހޯމަ ދުވަހު 11:00 ގައި މިއިދާރާއަށް ހާޟިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ މައުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

ހުށަހެޅޭ އަގުތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 15 މާރިޗު 2021 ވާ ހޯމަ ދުވަހު 11:00 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައި  އެކަމަށް ބާއްވާ ބައްދަލުވުމުގައެވެ.

23 ރަޖަބް 1442

                07 މާރިޗު 2021              

                                    

              

 

 

                                         

                                                        ޢަލީ ނަޞީރު      

                                           އދ.އަތޮޅު ކައުންސިލްގެ ރައީސް

07 މާރިޗު 2021