ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)418/418/2021/12
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 15 މާރިޗު 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

އިޢުލާނު

ގދ. ނަޑެއްލާ މަސްޖިދުލްޙަޟާރާއިން ހުސްވެފައިވާ މަސައްކަތު މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު މި އިދާރާގެ ނަންބަރު:(IUL)418/418/2021/04 (20 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން ހުށަހެޅުނު އެޕްލިކޭޝަންތައް ބަލައިގަތުމުގައި އެރި އޮޅުމެއްގެ ސަބަބުންނާއި އަދި މަޤާމްގެ މަސްޢޫލިއްޔަތުތައް އިސްލާޙްކުރަން ޖެހުމުގެ ސަބަބުން އެ އިޢުލާނާއި އަދި އެ އިޢުލާނާއި ގުޅިގެން ބަލައިގަނެވުނު އެޕްލިކޭޝަންތައް ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-307079

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 1 (SS-1)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް – 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގދ.ނަޑެއްލާ މަސްޖިދުލް ޙަޟާރާ

މުސާރަ:

3100.00ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)  

ސަރވިސް އެލަވަންސް:

1000.00ރ (އެއްހާސް ރުފިޔާ)  

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯރ އެލަވަންސް 1200.00ރ ( ބާރަ ސަތޭކަ ރުފިޔާ)
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. 3.      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކޮންމެ ނަމާދު ވަގުތެއްގެ 10 މިނެޓްކުރިން، މިސްކިތުގެ އެތެރެ އެކީގައި ރަނގަޅަށް ފޮޅާ ސާފުކޮށް، ކާޕެޓް އަޅާފައިވާނަމަ މެޝިން ބޭނުންކޮށްގެން ކާޕެޓް ސާފުކުރަންވާނެއެވެ. ކާޕެޓް ނާޅާ ހުރިނަމަ މުށީގައި މޮޕްޖަހަން ވާނެއެވެ. އަދި ފާޚާނާއާއި އިސްކުރުބަރި ކޮންމެ ނަމާދު ވަގުތެއްގެ ކުރިން ރަނގަޅަށް ސާފުކުރަން ވާނެއެވެ.
  2. ކޮންމެ ނަމާދު ވަގުތެއްގެ 10 މިނިޓްކުރިން، މިސްކިތުގެ ދިއްލުންތައް ދިއްލައި ފަންކާތައް ޖަހަން ވާނެއެވެ. އޭސީ ކޮށްފައިވާނަމަ ފަންކާ ޖެހުމުގެ ބަދަލުގައި އޭސީ އޮންކުރަން ވާނެއެވެ. އަދި ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓްފަހުން، މިސްކިތުގެ ދިއްލުންތަކުގެ ބޮޑުބައި ނިއްވައި ފަންކާތައް އޮފްކުރަންވާނެއެވެ. އޭސީ ޖައްސާފައިވާނަމަ އޭސީ އޮފްކުރަން ވާނެއެވެ.
  3. މިސްކިތުގެ ގޯތިތެރެއާއި މަގުމަތި ކޮންމެ ދުވަހަކު ފަތިހާއި މެންދުރާއި ހަވީރު ކުނިކަހައި ކުނިނަގައި ސާފުކުރަން ވާނެއެވެ.
  4. މިސްކިތުގައި ބޭނުންކުރާ ފާޚާނާތަކާއި އިސްކުރުބަރި ރަނގަޅަށް ދޮވެ ސާފުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު އެއް ފަހަރުކުރަން ވާނެއެވެ.
  5. މިސްކިތު ގޯތިތެރޭގައާއި ނަލަ ފާރުގެ އެތެރޭގައި ބަގީޗާ އިންދައި ހައްދަންވާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ގަސްތަކަށް ފެންދޭންވާނެއެވެ.
  6. މިސްކިތުގެ ގޯތިތެރޭގައާއި މަގުގައި ހެދޭ ވިނަ ކޮށައި ނޮޅައި އަދި ގޯތިތެރޭގައާއި ނަލަފާރުގެ އެތެރޭގައި ހައްދާ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންމެ ހަފުތާއަކު މަދުވެގެން 3 ދުވަހުކުރަން ވާނެއެވެ.
  7. މިސްކިތުގައި ބޭނުންކުރާ  އިލެކްޓްރިކް އަދި އިލެކްޓްރޯނިކް މެޝިނަރީއާއި އިކްވިޕްމަންޓްސްތަކާއެކު އެންމެހާ ތަކެއްޗާއި ތަކެތި ރަނގަޅަށް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންމެ ހަފުތާއަކު މަދުވެގެން 3 ދުވަހުކުރަން ވާނެއެވެ.
  8. މިސްކިތާއި ފާޚާނާއާއި އިސްކުރުބަރީގެ ދޮރާއި ދޮރުފަތްތަކާއި ފެންލައިޓްތައް ރަނގަޅަށް ސާފުކޮށް ހިރަފުސް ފިލުވައި ބިއްލޫރި ސާފުކުރުމުގެ މަސައްކަތް ކޮންމެ ހަފުތާއަކު މަދުވެގެން 3 ދުވަހުކުރަން ވާނެއެވެ.
  9. ޢިމާރާތުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައި ހުންނަ ތަކެތި ސާފުކުރުމުގެ މަސައްކަތް ކޮންމެ ހަފުތާއަކު 1 ދުވަހު ކުރަންވާނެއެވެ.
  10. މިސްކިތާއި ފާޚާނާއާއި އިސްކުރުބަރީގެ ދިއްލުންތަކުން އަނދާފައިހުންނަ ހޮޅިބުރިއާއި ބޮކި އަދި ސްޓާޓަރުފަދަ ތަކެއްޗާއި ފަންކާތަކުން ފެއިލްވާ ކެޕޭޝްޓަރުފަދަ ތަކެތި އަދި ބެޓްރީ ލައްވާ ގަޑިފަދަ ތަކެއްޗާއި އޮޓޯ ސްވިޗާއި ކެޕޭޝްޓަރުފަދަ ތަކެތި ލައްވައިގެން ބޭނުންކުރާ އެހެނިހެން ތަކެތި ރަނގަޅަށް ބަލަހައްޓައި ބެޓްރިއާއި އޮޓޯ ސްވިޗާއި ކެޕޭޝްޓަރުފަދަ ތަކެތި ބަދަލުކުރުން ޖެހުމުން، ރަށުކައުންސިލުން އެފަދަ ތަކެތި ހޯދައިގެން ދުވަހުން ދުވަހަށް ބަދަލުކުރަންވާނެއެވެ.
  11. މިސްކިތުގައި ބޭނުންންކުރާ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނުތަކުގެ މަރާމާތުގެ ގޮތުގައި ކުރެވޭވަރުގެ ކުދިކުދި މަރާމާތުތައްކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ކުރަންވާނެއެވެ.
  12. ވަޅުދިޔަ ހިއްކައި ސާފުކުރުމުގެ މަސައްކަތް ކޮންމެ 4 މަހަކުން 1 ފަހަރުކުރަން ވާނެއެވެ.
  13. ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި މިސްކިތުގެ ފުރާޅާއި ދިޔަދޮވިއާއި ތާނގީތައް ސާފުކޮށް ތާނގީތަކަށް ސާފު ވާރޭ ފެން ނެގުމުގެ މަސައްކަތްކުރަންވާނެއެވެ.
  14. ޢިމާރާތްތަކާއި ތަންތަނާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކުގެ މަޢުލޫމާތު ޤަވާޢިދުން ރަށުކައުންސިލަށް އަންގަމުން ގެންދަންވާނެއެވެ.
  15. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  16. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތީން ކުރުން
  17. ކައުންސިލުން އިންތިޒާމުކުރާ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުމަށް އަންގައިފިނަމަ، މިފަދަ ކޮންމެ ކަމެއްގައި ކައުންސިލަށް ފުރިހަމައަށް އެއްބާރުލުން ދިނުން
  18. މުވައްޒަފަކު ޗުއްޓީ ނެގުންފަދަ ކަމެއް ދިމާވެގެން ޔުނިޓްހެޑް ނުވަތަ ޒިންމާދާރުވެރިޔާ ވަގުތީގޮތުން ޙަވާލުކުރައްވާ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާޞިލުކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

މަސައްކަތުގެ ދާއިރާ:  ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓު

އިންސައްތަ

(%)

ކެޓަގަރީގެ ޖުމުލަ އިންސައްތަ

ތަޢުލީމު

ލިބިފައިވާ ތަޢުލީމު

25

10

10

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

30

30

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

60

60

ޖުމްލަ:

145

100

100

  1. ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15މާރިޗް2021 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18މާރިޗް2021 އާއި 23މާރިޗް2021އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840007 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

08 މާރިޗު 2021