ދިވެހިރާއްޖެ
No:134-AD/I/2021/26
އިޢުލާން
މިފްކޯ ހެޑް އޮފީހާއި މިފްކޯ މަސްފިހާރައިގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިފްކޯގެ ހެޑްއޮފީހާއި ހެޑްއޮފީހުގެ ގޯތިތެރޭގައި ހިމެނޭ ސަރަހައްދާއި، މި ސަރަހައްދުގައި ހިމެނޭ މިފްކޯމަސްފިހާރަ1 ގެ ސިކިއުރިޓީ ބަލަހައްޓައިދޭނެ މިންގަޑުތަކަށްއައި ބަދަލާއި ގުޅިގެން މިކުންފުނީގެ ނަންބަރ No:134-AD/I/2021/03 އިޢުލާން ބާޠިލްކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، ސިކިއުރިޓީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 10 މާރިޗު 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 10 މާރިޗު 2021 ވާ ބުދަ ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
ވީމާ، ސިކިއުރިޓީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 14 މާރިޗު ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:30 އަށް މިފްކޯގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީހިސާބު ހުށަހަޅާނީ، ތިރީގައިވާ އެޑްރެހަށެވެ.
މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ)
389 ނަންބަރު ކޮށި / މާފަންނު
ހިލާލީ މަގު / މާލެ
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3323932 / 7771208
ފެކްސް: 3323955
އީމެއިލް: [email protected]