ދެންނެވުން
ނަންބަރު: NAM/IUL/2021/01
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 20:47
ސުންގަޑި: 18 މާރިޗު 2021 12:00
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީޢާއްމު ޖަލްސާ

މިއެސޯސިއޭޝަންގެ 2021 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، 23 މާރޗް 2021 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ބާއްވާނެ ތަނާއި، ގަޑި ފަހުގެ ތާރީޚެއްގައި އިޢުލާން ކުރެވޭނެއެވެ. 2021 ވަނަ އަހަރުގެ އަހަރީ ޢައްމު ޖަލްސާގައި ބައިވެރިވެވޭނީ މި އެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ ކްލަބް/ޖަމްޢިއްޔާތަކުގެ ތެރެއިން، އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯރމް ހުށައަޅާ ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ފޯމު 18 މާރޗް 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

އަހަރީ ޢާއްމު ޖަލްސާގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯރމް މި އެސޯސިއޭޝަނުން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި އެސޯސިއޭޝަންގެ ނަމްބަރ  7611112 އަށް ގުޅުއްވުންއެދެމެވެ.

އެސޯސިއޭޝަންގެ މެންބަރު ކުލަބު / ޖަމިއްޔާތައް :-

  1.       ޔޫތް ޔުނައިޓަޑް ސްޕޯރޓްސް ކަލަބް                       
  2.     ސްޕޯރޓްސް ކްލަބް ސްކައިލާރކް      
  3.     ޔުނައިޓެޑް ޔުނިޓީ ސްޕޯރޓްސް ކްލަބް               
  4.     ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކުލަބު    
  5.     ޒެނިތް ސްޕޯރޓްސް ކްލަބް                
  6.     މަހިބަދޫ ޒުވާނުންގެ ޖަމްޢިއްޔާ              
  7.     ކްލަބް މެޓްރިކްސް                     
  8.     ލޮރެންޒޯ ސްޕޯރޓްސް ކްލަބް
  9.     ސްޕޯރޓްސް ކްލަބް ޝައިނިންގ ސްޓާރ
  10.     ކުލަބް ގްރީން ސްޓްރީޓް
  11.     ވިލިގިލީ ޔޫތް އެންޑް ސްޕޯޓްސް އެސޯސިއޭޝަން
07 މާރިޗު 2021