ދިވެހިރާއްޖެ
މިކޯޓުގެ އޭސީތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި ކުރެވުނު ނަންބަރު IUL/E8C/2021/01 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ކޯޓޭޝަން ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލްކުރުމަށްފަހު މިކަމަށްއެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އަމިއްލަ ތަކެތީގައި މިކޯޓުގެ އޭސީތައް ސާވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ތިރީގައި އެވަނީ ސަރވިސް ކުރަންޖެހޭ އޭސީ ތަކުގެ ތަފްސީލްއެވެ.
# |
ބްރޭންޑް / ސައިޒް / ހުރިތަން |
ދިމާވާ މައްސަލަ |
1 |
SA-01 – GREE 24000 BTU |
ފިނިނުވުން، އޭސީ ނުޖެހުން E5 އަރާފައި އިނުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
2 |
SA-02 – GREE 24000 BTU |
ފިނިނުވުން، ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
3 |
SA-03 – GREE 24000 BTU |
ފިނިނުވުން، ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
4 |
MR-01 – GREE 18000 BTU |
އެއްވެސް ވަރަކަށް ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
5 |
CR-01 – GREE 18000 BTU |
ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
6 |
WA-01 – GREE 18000 BTU |
ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
7 |
COR-01 – GREE 18000 BTU |
ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މާރިޗު 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން 6580284 / 7369195 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (11 މާރިޗު 2021) 13:30 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު
- އޭސީތައް ސަރވިސް ކުރުމުގެ ތެރޭގައި އެއްވެސް އޭސީ އަކުން އިތުރު މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
- ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
- މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ހުށަހަޅަންވާނެއެވެ.
- މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.