ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 164-PRO/1/2021/12
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 16 މާރިޗު 2021 11:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ފައިބަރ ޓަރމިނޭޝަން އިކުއިޕްމަންޓް ހޯދުމަށް

 ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް ތިރީގައިވާ  މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  ބީލަމުގެ ނަން: ފައިބަރ ޓަރމިނޭޝަން އިކުއިޕްމަންޓް ހޯދުމަށް

 

    ޕްރީ-ބިޑް މީޓީންގ: 09 މާރިޗް 2021 ގައި 11:00 ގައި

 

   އަންދާސީ ހިސާބު ހުށަހެޅުން: 16 މާރިޗް 2021 ގައި 11:00 ގައި

 

 މި ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިއަށް  ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކޮނޯލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ، މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހުރިހާ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ޕްރީ-ބިޑް ބައްދަލުވުން އަދި އަންދާސީ ހިސާބު ހުށަހެޅުމަށް، ކޮންމެ ފަރާތަކުންވެސް ބައިވެރިވެ ވަޑައިގަންނަވަން ވާނީ އެންމެ ބޭފުޅެކެވެ. ޕްރީ-ބިޑް ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ބައިވެރިވާ ބޭފުޅުންގެ މައުލޫމާތު ( ބިޑް ހުށަހަޅުއްވާ ކޮމްޕެނީގެ ނަން، ބައިވެރިވާ ބޭފުޅެއްގެ ނަން، ގުޅޭނެ ފޯން ނަމްބަރު އަދި އައިޑީ ކާޑް ނަންބަރު) 08 މާރިޗް 2021  ވާ ހޯމަ ދުވަހުގެ 23:59ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

 

   އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

07 މާރިޗު 2021