ދިވެހިރާއްޖެ
2020 ވަނަ އަހަރު ކެނދިކުޅުދޫއިން ދޫކުރުމަށް އިޢުލާންކޮށްފައިވާ ބަންޑާރަ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ ޗާޓުތައް މިހާރު ވާނީ އިޢުލާންކުރެވިފައެވެ.
މިފިޔަވަހީގައި ގެވަޅު ލިބިފައިވާ ފަރާތްތައް ޝައުޤުވެރިވާ ސަރަހައްދު ޔަޤީންކުރުމަށާއި ޤުރުއަތުލުމުގެ މަރުހަލާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް "ބަންޑާރަ ގޯތިދޫކުރުން 2020- ގެވަޅަށް ޝައުޤުވެރިކަން ފާޅުކުރާ ސަރަހައްދު ސާފުކުރުން" މިފޯމް ފުރިހަމަކޮށްދެއްވުން އެދެމެވެ. މިފިޔަވަހީގައި ގެވަޅު ލިބިފައިވާ އެންމެހާ ފަރާތްތަކުން މިފޯމް ފުރިހަމަކުރަންވާނެއެވެ. ފޯމް މިއިޢުލާނާއިއެކު، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވޭނެއެވެ. އަދި ރަސްމީ ގަޑީގައި ކެނދިކުޅުދޫ ކައުންސިލުން މިފޯމް ލިބެން ހުންނާނެވާހަކަވެސް ދަންނަވަމެވެ. ވީމާ، މިފިޔަވަހީގައި ގެވަޅު ލިބިފައިވާ ފަރާތްތަކުން 17 މާރޗް 2021 ވީ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި މެއިލްގެ ޒަރިއްޔާއިން ހުށައަޅަން ބޭނުންފުޅުވާނަމަ ފޯމް ފުރިހަމަކުރުމަށްފަހު [email protected] އަށް މެއިލްކޮށްދެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 ރަޖަބު 1442
07 މާރޗް 2021