ދިވެހިރާއްޖެ
ނަންބަރު: (IUL)321/321/2021/43
އިޢުލާން
ބ. ތުޅާދޫ ކުނިގޮނޑުގައި ޖަމާވެފައިވާ ވެއްޔާއި ޕްލާސްޓިކާއި އެހެނިހެން ކުނިބުނި އެކުވެފައިވާ ކުނިފުނި އެތަނުން ނަގައިގެން ތިލަފުށްޓަށް ނުވަތަ ސަރުކާރުން ކުނިމެނޭޖްކުރުމަށް ކަނޑައަޅާފައިވާ ރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
1 |
އަންދާސީ ހިސާބު ހުށަހެޅުން |
16 މާރޗް 2021 (އަންގާރަ) |
11:00 |
ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް |
ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގެންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިއިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
23 ރަޖަބު 1442