ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343/343/2021/ 12
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 20:07
ސުންގަޑި: 05 މާރިޗު 2021 18:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައިންލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ

އިޢުލާން

 

ބައިންލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ

 

             2021 ވަނަ އަހަރުގެ (މިއަހަރުގެ) ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް، ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކާއި ގުޅިގެން ކުލަގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން އަންހެނުންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް، 04 މާރިޗް 2021 ން ފެށިގެން 05   މާރިޗް 2021 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތައް

            

ހަރަކާތް

ހަރަކާތް ކުރިޔަށް ގެންދެވޭ ތާރީޚާއި ދުވަސް

ވަގުތާއި ތަން

  1. "ހޭރިޔާ" ނަމުގައި ކަނބަލުންނަށް ޚާއްސަކޮށް ކުރިޔަށް ގެންދެވޭ ދުވުމުގެ ރޭސް

8 މާރިޗް 2021 – ހޯމަ ދުވަސް

16:00 ކައުންސިލް އިދާރާ ކުރިމަތި

  1. "ހޭލާ" ނަމުގައި ކަނބަލުންނާއި ފިރިހެން ބޭފުޅުންގެ ދެމެދުގައި ކުރިޔަށް ގެންދެވޭ ބަހުސް

7 މާރިޗް 2021 – އާދިއްތަ ދުވަސް

21:00 ބަނދަރު ސްޓޭޖް

  1. "ކަނބަލުންގެ ފުރަނަ" ނަމުގައި ކުރިޔަށް ގެންދެވޭ ހުނަރު ދައްކާލުމުގެ ހަރަކާތް:

"ކަނބަލުންގެ ފުރނަ" ގައި ހިމެނޭ މައިގަނޑު ބައިތައް:

-          މޭކަޕް ކުރުން

-          ކޭކުއެޅުން

-          ޕޭސްޓްރީ

-          އުކާލެވޭ ތަކެތިން ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ތަކެތި ހެދުން

-          ފެހުން

13 މާރިޗް 2021 – ހޮނިހިރު ދުވަސް

16:00 – ދެކުނުފަރާތު އަތިރިމަތި

 

ނަން ނޯޓް ކުރެއްވުމަށް،9911266، މި ނަންބަރަށް ތިރީގައި ބަޔާންކުރެވިފައިވާ މައުލޫމާތު ތައް، މެސެޖު ނުވަތަ ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ.

  • ބައިވެރިވާން ބޭނުންވާ ހަރަކާތް
  • ބައިވެރިވާން ބޭނުންވާ ފަރާތުގެ ނަމާއި އެޑްރެސް
  • ގުޅޭނެ ނަންބަރު
  •  

             ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

              20 ރަޖަބް 1442

              04 މާރިޗް 2021

04 މާރިޗު 2021