ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2021/57
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 15 މާރިޗު 2021 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) (ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން)

      ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2021/57 

ތާރީޚް:  04 މާރިޗު 2021

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ރޭންކް: ޖީ.އެސް 4

މުއްދަތު

25 މާރިޗު 2021 އިން ފެށިގެން 24 މާރިޗު 2022

ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/5,020 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/2,510 (މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/1,500
  • ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތީޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް " ސެޓްފިކެޓް ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި  " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 
  2. މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤަމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތީޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް " ސެޓްފިކެޓް ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި  " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން. ނުވަތަ،
  4. މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުއީ ދާއިރާގެ ވަޒީފާތަކަށް ހަމަޖެހޭ ފަރާތްތަކާއި، ވަޒީފާ ބަދަލުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު އެޗްއާރު ސޮފްޓްވެއަރައަށް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން.
  • ވަޒީފަ ދެއްވާ ފަރާތްތަކާއި، ބަދަލު ގެނެވޭ ފަރާތްތަކަށް ދޭންޖެހޭ އެކްސެސްތައް ހަމަޖެއްސުމާއި، ވަކިވާ ފަރާތްތަކުގެ އެކްސެސް ކަނޑާލުމުގެ މަސައްކަތް ކުރުން.
  • ޝަރުޢީ ކޯޓުތަކުގެ މުވައްޒަފުންގެ އޮފީސް ކާޑު ހެދުމުގެ މަސައްކަތް ކުރުން.
  • ޝަރުޢީ ކޯޓުތަކާއި އިދާރާތަކުން ރެފަރެންސް ލެޓަރ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިޔުން ތައްޔާރުކޮށް ޙަވާލުކުރުން.
  • ފަނޑިޔާރުންގެ ސަލާމާއި، ޗުއްޓީގެ މަޢުލޫމާތު އެއްކޮށް ކަމާ ގުޅޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.
  •  ޗީފް އެޑްމިނިސްޓްރޭޓަރުންގެ ސަލާމާއި، ޗުއްޓީގެ ރެކޯޑްސް އަޕްޑޭޓްކުރުމުގެ މަސައްކަތްކުރުމާއި، ވަގުތީގޮތުން މަސްޢޫލިއްޔަތު ޙަވާލުކުރެވޭ ފަރާތަށް މަސައްކަތް ކުރުމަށް ބޭނުންވާ އެކްސެސް ހަމަޖެއްސުން.
  • މެޖިސްޓްރޭޓް ކޯޓުތަކުން މުވައްޒަފުންނާ ގުޅޭ ގޮތުން ލިބޭ އެކިއެކި ލިޔުންތަކަށް ޖަވާބު ތައްޔާރުކުރުން.
  • މެޖިސްޓްރޭޓް ކޯޓުތަކުގެ ވަޒީފާތަކަށް މީހުން ހަމަޖެއްސުމަށް މިޑިޕާޓްމަންޓުން ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޝަރުއީދާއިރާގެ މުވައްޒަފުންނާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުން.
  • ސެކްޝަން ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  • ސެކްޝަނަށް ލިބޭ ލިޔެކިޔުންތައް ފިޔަވަޅު އަޅައި ނިމުމުން ފައިލް ކުރުމުގެ މަސައްކަތް ކުރުން.

ތަޢުލީމީ ރޮނގު

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ބިޒްނަސް އެޑްމިނިސްޓެރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2021 މާރިޗު 15 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި،މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

މަސައްކަތުގެ ތަޖުރިބާ

10%

މަސައްކަތައް ބޭނުންވާ ހުނަރު

10%

އިންޓަވިއު

50%

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340858
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް މުއާމަލާތުކުރަން އެނގުން.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • އެޗްއާރު ސޮފްޓްވެއަރތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގޭނެ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް ފެކޭޖް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގުން.  
04 މާރިޗު 2021