މަސައްކަތް
ނަންބަރު: GS-175/IL/2021/03
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 17 މާރިޗު 2021 10:00
މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ އިމާރާތްތަކުގެ ދިޔަދޮވިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މިސްކޫލުގެ އިމާރާތްތަކުގެ ދިޔަދޮވިތައް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

ތަން

 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

 14 މާރޗް 2021 ( އާދިއްތަ)

 ހެނދުނު 10:00

 މާއެނބޫދޫ ސްކޫލް އޮފީސް

 އަންދާސީ ހިސާބު ހުށައެޅުން

 17 މާރޗް 2021 (ބުދަ)

 ހެނދުނު 10:00

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.             

04 މާރިޗު 2021