ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)342/2021/22
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި:
11 މާރިޗު 2021 14:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަޕްލަޔަރަކު ހޯދުން
އިޢުލާން
ސަޕްލަޔަރަކު ހޯދުން
މި ކައުންސިލްގެ ފަރާތުން މާލެ ސިޓީގައި ކުރަންޖެހޭ ބައެއް މަސައްކަތް ކުރުމާއި ބޭނުންވާ ތަކެތި މިރަށަށް ދަތުރުކުރާ އުޅަނދުފަހަރުގައި ފޮނުވައިދޭނެ ސަޕްލަޔަރަކު ބޭނުން ވެއްޖެއެވެ.
މަޤާމް: ސަޕްލަޔަރ
ބޭނުންވާ ޢަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އެމްޕްލޯއިމަންޓް
ވަޒީފާގެ މުއްދަތު: 6 (ހައެއް) މަސް ދުވަސް
އެލަވަންސް: މަހަކު 2000.00 (ދެހާސް) ރުފިޔާ
މަޤާމުގެ މަސްއޫލިއްޔަތާއި މަސައްކަތް ކުރަންޖެހޭ ގޮތް:
- ޑީ.އެން.އާރު އިން ނަގަން ޙަވާލުކުރެވޭ އައިޑީ ކާޑު ނަގައި ކައުންސިލަށް ފޮނުވުން.
- މާލެ ސިޓީގެ ފިހާރަތަކުން އަގުބަލަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތްކުރުމާއި ލިޔުންތައް ކައުންސިލަށް ފޮނުވުން.
- މާލެ ސިޓީގެ އޮފީސްތަކާއި ފިހާރަތަކުން ނަގަންޖެހޭ ތަކެއްޗާ ޙަވާލުވެ އެތަކެތި ކައުންސިލަށް ފޮނުވުން.
- ސައިކަލުގައި ނުއުފުލޭ މުދާ އުފުލުމަށް ކުރާ ދަތުރުގެ ބިލް ކައުންސިލަށް ފޮނުވުން.
- ޙަވާލު ކުރެވޭ މަޤާމުގެ މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާ އެކު ކޮށް ނިންމާ ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ސިޓީ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
- މި ދާއިރާއިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުން.
މަޤާމަށް ހޮވޭގޮތް:
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާ އާއި އިންޓަވިއުއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތް މި މަޤާމަށް ހޮވޭނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު 14 މާރިޗު 2021 އާއި 18 މާރިޗު 2021 އާ ދެމެދު މި އިދާރާގައި އޮންނާނެއެވެ. އިންޓަވިއު އޮންނަ ދުވަހު ރަށުގައި ނުހުރެވޭ ފަރާތްތަކުން އޮންލައިންކޮށް އިންޓަވިއު ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6660058 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ރަޖަބު 1442
4 މާރިޗު 2020
04 މާރިޗު 2021