މަސައްކަތް
ނަންބަރު: GS78/IULAAN/2021/05
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 15 މާރިޗު 2021 14:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މަދަރުސަތުއްޝައިޚް އިބްރާހިމްގެ، މަރާމާތު މަސައްކަތް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މަދަރުސަތުއްޝައިޚް އިބްރާހިމްގެ، މަރާމާތު މަސައްކަތް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

  1. މަދަރުސަތުއްޝައިޚް އިބްރާހިމްގެ، މަރާމާތު މަސައްކަތް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 މާރޗު 07 ން 2021 މާރޗް 15 ވަނަ ދުވަހުގެ 08:00 ން 14:00 ށް ނިޔަލަށް ސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި މިއިޢުލާން ގެޒެޓްކުރާ ވަގުތުންފެށިގެން އީމެއިލް ([email protected]) މެދުވެރިކޮށް  2021 މާރޗް 15 ގެ 14:00 ށް ( މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އަދި  އީމެއިލް ލިބުންކަން ކަށަވަރުކުރުމަށް 2021 މާރޗު 07 ން 2021 މާރޗް 15 ވަނަ ދުވަހުގެ 08:00 ން 14:00 ށް ރަސްމީދުވަސްތަކުގައި މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ ފޯން ނަންބަރަށް ގުޅުންވުން އެދެން)  ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރޗް 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 މާރޗް 18 ވަނަ ދުވަހުގެ 10:00 ގައި    މަދަރުސަތުއްޝައިޚް އިބްރާހިމްގެ ލައިބްރަރީގަ އެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މަދަރުސަތުއްޝައިޚް އިބްރާހިމް

މިސްކިތްމަގު ހއ.ކެލާ، ދިވެހިރާއްޖެ.  

ފޯން:   6500097

އީ-މެއިލް: [email protected]

                20 رَجَب‎ 1442

04 މާރިޗު 2021