މަސައްކަތް
ނަންބަރު: (IUL)349-A/2021/10
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 08 މާރިޗު 2021 13:30
އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ސާފުކުރާނެ ފަރާތެއް ހޯދުން

މިރަށު އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 8 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 13:30 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކައުންސިލްގެ އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. 

              މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި ބިޑް ހުށައެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ބަދަލުގައި ހާޒިރުވާ ފަރާތުން  ގެންނަވަންވާނެއެވެ. އަދި މިމަސައްކަތައް ބިޑް ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

އިޖްތިމާޢީ ސަރަޙައްދު ބިޑްކުރުމަށް މިފަހަރުވެސް ހަމަޖެހިފައިވަނީ އިޖްތިމާޢީ ސަރަޙައްދު ދެބަޔަކަށް ބަހާލުމަށްފަހު ދެބައި ދެފަރާތަކަށް ދޭ އުސޫލުންނެވެ.

              މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.

04 މާރިޗު 2021