ދިވެހިރާއްޖެ
ނީލަން ކިޔުން |
ނަންބަރު: 223/1/2021/5(IUL) |
ތާރީޚް: 03 މާރިޗު 2021 |
ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މިޓްރައިބިއުނަލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންކުރެވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން ޖަވާބު ދެއްވާފައިނުވާތީ އެ ތަކެތި ދުވަހުގެ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިނީލަން 22 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މިތަކެތި ބައްލަވަން ޝައުގުވެރިވާ ފަރާތްތަކުން، 11 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މި ޓްރައިބިއުނަލްގެ އޮފީސް ހިނގަމުންދާ އިމާރާތް، މއ. ޖަންބުގަސްދޮށުގޭ 3 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ނީލަމުން ތަކެތި ނަންގަވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗް 2021 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 އަށް މި ޓްރައިބިއުނަލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ޓްރައިބިއުނަލަށް ފައިސާ ދެއްކެމަށްފަހު އެތަކެތި ގެންދަންވާނެއެވެ.
މި ނީލަމާ ގުޅިގެން ޓްރައިބިއުނަލަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.
19 ރަޖަބު 1442
03 މާރިޗު 2021