ދިވެހިރާއްޖެ
| މަޤާމް :ސްޓީވަޑޯރސް | |
|---|---|
| ބޭނުންވާ އަދަދު :39 | |
|
މުސާރަ: |
-/ 3840ރުފިޔާ |
|
އެހެނިހެން ޢިނާޔަތްތައް: |
-/4،500 ރ - -/5،500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ. އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ. |
|
ޝަރުތު: |
- ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.) އަދި - މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން. -އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން. - ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން. |
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
- ބަނދަރަށް އަންނަ ބޯޓު ފަހަރާއި އުޅަދުފަހަރުން މުދާ / ކޮންޓައިނަރ އަރުވައި ބޭލުމުގެ އެންމެހައި މަސައްކަތް ކުރުން. - ބޯޓުފަހަރަށް އަރުވާ އަދި ބާލާ ކޮންޓެއިނަރ އާއި މުދަލުގެ އަންލޭޝިން / ލޭޝިން ކުރުން. - މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން. - ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މުދަލަށް ސަމާލުވެ މަސައްކަތް ކުރުން. |
|
މަސައްކަތް ކުރަންޖެހޭ ވަގުތު: |
ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު |
|
މަސައްކަތް ކުރަންޖެހޭ ތަން : |
ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް |
|
ސުންގަޑި: |
2021 މާރިޗް 11 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން. |
|
ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި: |
- މަޤާމަށް އެދިހުށައަޅާ ފޯމް - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް |
|
އިންޓަރވިއު މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 މާރިޗް 15 އާއި 31 ދެމެދުގައެވެ. |
|
ފޯރމް ހުށަހަޅަންޖެހޭ އޮފީސް: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected] |
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ. |
|