ދިވެހިރާއްޖެ
`
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ Secretariat of the North Miladhunmadulu Feydhoo Council
ށ.ފޭދޫ / ދިވެހިރާއްޖ Sh.Feydhoo / Rep.Of Maldives
ނަންބަރ: (IUL)274/INDIV/2021/26
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ށ.ފޭދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން
ށ.ފޭދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
މަޢުލޫމާތު ސާފުކުރުން |
ބީލަން ބަލައިގަތުމާއި ހުޅުވުން |
ތަން |
8 މާރިޗް 2021 ގަޑި: 10:00 |
15 މާރިޗް 2021 ގަޑި: 10:00 |
ށ.ފޭދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
މިބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ 10 މާރިޗް 2021ވަނަ ދުވަހުގެ 10:00ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ސުވާލުތަކަށް ދެވޭ ޖަވާބު އެދުވަހެއްގެ 14:00ގެ ކުރިން ފޮނުވޭނެއެވެ.
ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.
މިބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ހުށަހަޅާ ބީލަންތައް ވަޒަންކުރާނެ މިންގަނޑާއި، ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
|
ފޯނު ނަންބަރ:
|
ވެބްސައިޓް:
|
އީމެއިލް:
|
6540045 |
3 މާރިޗް 2021