މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2021/31
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި:
14 މާރިޗު 2021 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގާ އޮފީސްތަކުގެ އޭސީތައް 02 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް މަރާމާތު އަދި ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
- މިމިނިސްޓްރީގެ ދަށުން ހިންގާ ޢިމާރާތްތައް ކަމުގައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ވެލާނާގެ, ދަރުބާރުގެ, ޕަބްލިކް ވޯރކް ސަރވީސް ޑިޕާޓްމަންޓް އަދި ތިލަފުށި(3) ތިނެއްގާ ހުރި އިމާރާތުގާ ހަރުކޮށްފައިވާ ވޯލްމައުންޓް އަދި ސީލިން މައުންޓް އެއަރ ކޮންޑިޝަންތައް 02 (ދޭއް) އަހަރު ދުވަހަށް މަރާމާތު އަދި ސަރވިސްކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 07 މާރިޗް 2021 ވާ އާދިއްތަ ދުވަހުގެހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 09 މާރިޗް 2021 ވާ އަންގާރަ ދުވަހުގެމެންދުރު 12:00 ގެ ކުރިން [email protected] ނުވަތަ [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 14 މާރިޗް 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.
03 މާރިޗު 2021