މަސައްކަތް
ނަންބަރު: GS153/IUL/2021/09
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 10 މާރިޗު 2021 10:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ޕާރޓިސަންގެ މަސައްކަތް ކޮށްދެވޭނެ އަގެއް ހޯދުން

           މިސްކޫލްގެ ކުލާސްތައް ބައިކުރުމަށް މިހާރު ޖަހާފައިވާ ޕާރޓިޝަންތައް ހަލާކުވުމުގެ ސަބަބުން ބޭނުން ކުރެވޭވަރު ނުވާތީ އެޕާރޓިޝަންތައް ނައްޓައި އަމިއްލަ ތަކެތީގައި އަލުން ޕާރޓިޝަންތައް ޖަހައި ހަރުކޮށްދެވޭނެ އަގެއް ހޯދަން ބޭނުންވެއެވެ.

            މިމަސައްކަތުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ.  

މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް މި ސްކޫލްގައެވެ.

1        މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 މާރިޗު 10 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި  މިސްކޫލްގައެވެ.

2        ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 މާރިޗު 14 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

      19  ރަޖަބު   1442 ހ.

03 މާރިޗު 2021