ދިވެހިރާއްޖެ
ނަންބަރ: IUL)38-AD/38/2021/86)
އިޢުލާނު
ކޮވިޑް-19 އާއި ގުޅިގެން ކޮމިޝަނަށް ގަންނަން ބޭނުންވާ ސޭފްޓީ އައިޓަމް ސަޕްލައިކުރުން– އެމެންޑްމެންޓް 1
މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮވިޑް-19 އާއި ގުޅިގެން ކޮމިޝަނަށް ގަންނަން ބޭނުންވާ ސޭފްޓީ އައިޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2021 މާރޗް 01 ގައި ކުރި IUL)38-AD/38/2021/74)
ނަންބަރު އިޢުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސަފްހާ ނަންބަރު 4 ގައިވާ ބީލަން އިވެލުއޭޓް ކުރުމަށް ބޭނުންކުރާނެ މިންގަޑު އަދި ސަފްހާ ނަންބަރު 7 ގައިވާ އެނެކްސް - 3 (އަގުހުށަހަޅާ ކަރުދާސް) ގެނެވުނު ބަދަލާއެކު ބީލަމާ
ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 2021މާރިޗު 10 ވާ ބުދަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ
18 ރަޖަބު 1442