މަސައްކަތް
ނަންބަރު: (IUL)417-CA/417/2021/15
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 16:27
ސުންގަޑި: 14 މާރިޗު 2021 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޑިންދިހަރޭ މައިޒާން (ޕާކުގެ) ފެންސް ހެދުމާއި ބައެއް މަރާމާތު މަސައްކަތްތައް ކުރުމާއިބެހޭ؛

މިކައުންސިލް އިދާރާގެ ނަންބަރު: (IUL)417-CA/417/2021/11 (11 ފެބުރުވަރީ 2021) އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ އެ އިޢުލާނާއި އަންދާސީ ހިސާބުތައް ބާޠިލްކުރުމަށްފަހު، އަލުން މިކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށު ވަޑިންދިހަރޭ މައިޒާން (ޕާކުގެ) ފެންސް ހެދުމާއި ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވޭނެ އަގެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

2021 މާރިޗު 09 ވަނަ ދުވަހުގެ 13:30 ގައި

2021 މާރިޗު 14 ވަނަ ދުވަހުގެ 13:30 ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 މާރިޗު 2021