ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)475-PMU/475/2021/87
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 22 މާރިޗު 2021 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ އިކުއިޕްމަންޓް، އައި.ޓީ އިކުއިޕްމަންޓް އަދި އޭސީ ގަތުމަށް ބޭނުންވެއްޖެ

 

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

 މާލެ، ދިވެހިރާއްޖެ

އިއުލާން ނަމްބަރު: (IUL)475-PMU/475/2021/87

އިއުލާން

 

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އިކުއިޕްމަންޓް، އައި.ޓީ އިކުއިޕްމަންޓް އަދި އޭސީ ގަނެދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މައުލޫމާތު ސާފުކުރުން:

މި ތަކެތި ސަޕްލައިކޮށްގިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 22 މާރޗް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބިޑް އުސޫލު:

މި ތަކެތި ސަޕްލައިކޮށްގިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑް އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑް އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރޗް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00އަށް ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]      ފޯން: 306982/3026975

 

ނޯޓް:މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

 

 

02 މާރިޗު 2021