މަސައްކަތް
ނަންބަރު: (IUL) 234-C/234/2021/11
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 14 މާރިޗު 2021 11:00
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ކަލެކްޝަން ސެންޓަރ ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

    މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ކަލެކްޝަން ސެންޓަރެއް މަހިބަދޫގައި ޤާއިމްކުރުމަށްޓަކައި މި ކައުންސިލްގެ އައު އޮފީސް ‏‏ޢިމާރާތުގައި ކަނޑައަޅާފައިވާ ޖާގައަށް މީރާ އިން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް އަމިއްލަ ތަކެތީގައިކުރާނެ ފަރާތެއް ‏‏ހޯދަން ބޭނުންވެއެވެ.‏

      ‏މިކަމަށް ޝައުޤުވެލައްވާ ފަރާތްތަކުން 03 މާރިޗު 2021 ވާ ބުދަ ދުވަހުން ފެށިގެން 07 މާރިޗު 2021 ވާ ‏‏އާދީއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680507 ފޯނަށް ގުޅުއްވައިގެން ‏ނަންނޯޓް ކުރެއްވުމުން މަޢުލޫމާތު ‏‏ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ‏‎.‎‏ ‏ނަންނޯޓްކޮށްފައިވާ ފަރާތްތަކާއެކު 08 މާރިޗު 2021 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ‏‏ކައުންސިލްގެ ‏‏ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.‏ އަދި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ‏‏އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ‏‏ދަންނަވަމެވެ.  ‏

      ‏ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މާރިޗު ‏‏2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 14 ‏‏މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ބައްދަލުވުމުގައެވެ. ބީލަންތައް ‏‏‏ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ‏‏ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

02 މާރިޗު 2021