މަސައްކަތް
ނަންބަރު: (IUL)414/414/2021/16
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 22 މާރިޗު 2021 13:30
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގޭގެ ނުނިމިހުރި މަސައްކަތް ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ގއ ކަނޑުހުޅުދޫ ހުކުރު މިސްކިތުގޯތި ތެރޭގައި ހުރި ހިނަވާގޭގެ ނުނިމި ހުރި އެންމެހާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 03 މާޗް 2021 (ބުދަ) ދުވަހުގެ 08:00 ން ފެށިގެން 11 މާޗް 2021 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ  މިއިދާރާގެ ނަމްބަރ 6820020 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.

-           މައުލޫމާތު ދިނުން – 11 މާޗް 2021 (ބުރާސްފަތި) 13:30

-           އަންދާސީ ހިސާބު ހުށަހެޅުން 22 މާޗް 2021 (ހޯމް) 13:30

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

-          އަގަށް: %65 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

-          މުއްދަތު: %20

-          ތަޖްރިބާ:

-          މާލީޤާބިލުކަން: 5

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

         18 ރަޖަބު 1442

         02 މާޗް 2021

02 މާރިޗު 2021