މަސައްކަތް
ނަންބަރު: (IUL)38-AD/38/2021/84
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 10 މާރިޗު 2021 10:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭގެ 4 ސަރަޙައްދެއްގައި ބަހައްޓާ ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން– އެމެންޑްމެންޓް 1

ނަންބަރ: IUL)38-AD/38/2021/84)

އިޢުލާނު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭގެ 4 ސަރަޙައްދެއްގައި ބަހައްޓާ ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން– އެމެންޑްމެންޓް 1

 މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭގެ 4 ސަރަޙައްދެއްގައި ބަހައްޓާ ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2021 މާރޗް 01 ގައި ކުރި IUL)38-AD/38/2021/72) ނަންބަރު އިޢުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސަފްހާ ނަންބަރު 4 ގައިވާ ބީލަން އިވެލުއޭޓް ކުރުމަށް ބޭނުންކުރާނެ މިންގަޑުތަކުގެ މައުލޫމާތަށް ގެނެސްފައިވާ ބަދަލު ތިރީގައި މިވަނީއެވެ.

އަގު

  • ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު * 55 (އަގަށް މާކްސް ދޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގަށް ފުލް މާކްސް ލިބޭ ގޮތަށް ރޭޝިއޯގެ އުޞޫލުންނެވެ

55 މާރކްސް

ތަޖުރިބާ

  • ތަޖުރިބާއަށް މާކްސް ދޭނީ ހުށަހަޅާ ލިޔުންތަކަށް ބަލައިގެން އެންމެ ގިނަ ލިޔުން ހުށަހަޅާ ފަރާތަކަށް ފުލް މާކްސް ލިބޭ ގޮތަށް ރޭޝިއޯ އުޞޫލުންނެވެ.
  • ތަޖުރިބާއަށް މާރކްސް ދިނުމުގައި ބަލާނީ މި މަސައްކަތާއި ގުޅޭ އެއްވައްތަރު މަސައްކަތަށެވެ. މަސައްކަތު ތަޖުރިބާ ގޮތުގައި ގުނާނީ އެ މަސައްކަތެއް ކުރުވި ފަރާތުގެ ލެޓަރ ހެޑްގައި މަސައްކަތްކުރި ތާރީޚު އެނގޭގޮތަށް ހުށަހަޅާފައިވާ ލިޔުންތަކަށެވެ.
  • މާކްސް ދިނުމުގައި ބަލާނީ ވޭތުވެ ދިޔަ 3 އަހަރުގެ ތަޖުރިބާއަށެވެ.

15 މާރކްސް

ކޮންސެޕްޓް ކަރުދާސް

  • އެނެކްސް-5 (ޓެންޓްގެ ކޮންސެޕްޓް ކަރުދާހުގައި ހިމަނަންޖެހޭ ކަންކަން)
  • މިބަޔަށް މާކްސް ދޭނީ އެކަމަށް ކޮމިޝަނުން ކަނޑައަޅާ ޓެކްނިކަލް ކޮމެޓީއިން ކޮންސެޕްޓް ކަރުދާސް އިވެލުއޭޓް ކުރުމަށްފަގައެވެ.

30 މާރކްސް

ޖުމްލަ

100

ބީލަން ހުޅުވުން އޮންނާނީ  2021މާރިޗު 10 ވާ ބުދަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

02 މާރިޗު 2021