ދިވެހިރާއްޖެ
މަޤާމް :ކަސްޓަމަރ ސަރވިސް އެސިސްޓެންޓް | |
---|---|
ބޭނުންވާ އަދަދު :6 | |
މި ހޮސްޕިޓަލުގައި ކަސްޓަމަރ ސަރވިސް އެސިސްޓެންޓް (ވޮލަންޓިއަރކޮށް)މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެ
މި ހޮސްޕިޓަލްގައި ވޮލަންޓިއަރކޮށް ކަސްޓަމަރ ސަރވިސް އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންެވެއްޖެއެވެ. މި މަސައްކަތްކުރައްވާ ފަރާތްތަކުން ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 6 ދުވަހު މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ އެލަވަންސްއެއް ދެވޭނެއެވެ.
ބޭނުންވާ އަދަދު: 6 (ހައެއް)
މަސައްކަތްކުރަޖެހޭ ގަޑި : (2 ޝިފްޓް) ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް
މެންދުރުފަހު 14:00 ން ރޭގަނޑު 20:00 އަށް
ޝަރުތު: ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތުން.
އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މުއާމަލާތްކުރުމުގެ ހުނަރު
- އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭފަދަ މީހަކަށްވުން.
- މީހުންނާއި ގުޅޭ "ޕޮޒިޓީވް އެޓިޓިއުޑް"ގެ މީހަކަށްވުން.
މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:
ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭގޮތުން މައުޞޫމާތު ދިނުމާއި ހިދުމަތް ހޯދުމަށް ޑިޕާޓްމަންޓުތަކަށް ދާންޖެހޭ މަގު ދެއްކައިދިނުން.
- ހޮސްޕިޓަލްގެ ހިދްމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޑިޕާޓްމަންޓުތަކުން ހިދްމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމާއި ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން.
- ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކާއި ގުޅޭގޮތުން ހުށައަޅާ ޝަކުވާތަށް އަޑުއަހައި ހައްލުކޮށްދިނުން.
- ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހިދުމަތާއި ގުޅޭގޮތުން ދެކޭގޮތް އޮޅުންފިލުވުމަށްފަހު ކަމާ ބެހޭ ޔުނިޓް/ޑިޕާޓްމަންޓުތަކަށް އެންގުން.
- ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.
- ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކަކީ ފެންވަރު ރަގަޅު އަދި ހިދުމަތްހޯދަން އަންނަ ފަރާތްތަކުން އެދޭ ފަދަ ގޮތަކަށް ފޯރުކޮށް ދެވުނު ހިދުމަތެއްކަމުގައި ހެދުމާއިއެކު ހޮސްޕިޓަލަށް ރީތި ނަން ހޯދައިދިނުން.
ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ސިޓީއަކުން 8 މާރިޗް 2021 ވާ ހީޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] މެއިލްކޮށްދެއްވުމަށް ދަންނަވަމެވެ.
- ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ޕާސްޕޯޓް ސައިޒްގެ ފޮޓޯ (ވައިޓް ބެކްރައުންޑް)
- ޕޮލިސްރިޕޯޓް (3މަސްހަމަނުވާ)
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.
18 ރަޖަބު 1442
2 މާރިޗް 2021