ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)AEH/1/2021/25
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 22:48
ސުންގަޑި: 11 މާރިޗު 2021 13:30
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
15 ކޮމްޕިއުޓާރ ސިސްޓަމް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ޢިއުލާން

 

 

            އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ 15 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ފެބްރުއަރީ 2021 ވަނަ ދުވަހު ކުރެވުނު ޢިއުލާން ނަމްބަރ (IUL)AEH/AEH/2021/3 އާއި ގުޅިގެން އެކަމަށް ކުރިމަތިލި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުތަކެއް ކަމުގައި ފެންނާތީ އެފަރާތްތަކުން ހުށަހަޅާފައިވާ ބިޑްތަށް ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. އެހެން ކަމުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 15 ކޮމްޕިއުޓާރ ސިސްޓަމް މިހޮސްޕިޓަލަށް ސަޕްލައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް 02 މާރިޗް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 11 މާރިޗް 2021  ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30  އާއި ދެމެދު [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 މާރިޗް 2021 ވާ  ބުރާސްފަތި ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް އަދި މައުލޫމާތު ސާފުކުރެއްވުމަށް މެއިލް ކުރައްވާ ފަރާތްތަކުން އިއުލާން ނަމްބަރ އަދި ޕްރޮޖެކްޓްގެ ނަން އީމެއިލްގެ ސަބްޖެކްޓްގައި ޖެއްސެވެމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ. 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

01 މާރިޗް 2021

01 މާރިޗު 2021