ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2021/25
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 21:04
ސުންގަޑި: 14 މާރިޗު 2021 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރު މިރަށުގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދާއި ދަމުނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދުން

1442 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުގެ ހުކުރުކުރާ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދާއި ދަމުނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދާއި ދަމުނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ. 

ބޭނުންވާ ޢަދަދު: 

04

އުޖޫރަ އެލަވަންސް އަދި އެހެނިހެން ޚިދުމަތްތައް:

 އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާ/-ގެ މަގުން ( މީގެ އިތުރުން ރަށުން ބޭރުން ވަޑައިގަންނަވާ ޙާފިޡުންނަށް ފުޑު އެންޑު އެކަމަޑޭޝަން ހަމަޖައްސައި ދެވޭނެއެވެ.

ޝަރުޠު:

ޙާފިޡުކަމުގެ ސަނަދު ލިބިފައިވުން

ވީމާ، 1442 ވަނަ އަހަރު މިރަށުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡްކޮށް ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރުމަށް އެދޭފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު " ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް " ފުރިހަމަކޮށް ލިޔުންތަކާއެކު 2021 މާރިޗް 14 އާދީއްތަ ދުވަހުގެ 14:00 ކުރިން މި އިދާރާއަށް ހުށަހެޅުއްވުވުމަށް ދަންނަވަމެވެ. އިމާމުވެ ޙިފުޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 މާރިޗު 2021