ދެންނެވުން
ނަންބަރު: (IUL)38-CA/38/2021/66
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 20:48
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ނުބަހައްޓާ ރާއްޖެއިން ބޭރުގެ ޤައުމުތައް

ނަންބަރު:IUL)38-CA/38/2021/66)

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު A)CA-2020/067) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ވޯޓުފޮށި ބެހެއްޓެން ނެތް ކަމަށް އަންގަވާފައިވާ ތިރީގައިވާ ޤައުމުތަކުގައި ވޯޓުފޮށި ނުބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ނުބަހައްޓާ ރާއްޖެއިން ބޭރުގެ ޤައުމުތައް

ވޯޓުފޮށީގެ ނަން

ސިޓީ

ޤައުމު

ފޮށި ނަންބަރު

މެލޭޝިއާ / ކުއަލަލަމްޕޫރް-1

ކުއަލަލަމްޕޫރް

މެލޭޝިއާ

W2.1

މެލޭޝިއާ / ކުއަލަލަމްޕޫރް-2

W2.2

އިނގިރޭސިވިލާތް /ލަންޑަން-1

ލަންޑަން

އިނގިރޭސިވިލާތް

W4.1

އަދި ދަންނަވަމެވެ. އިސްވެ ބަޔާން ކުރެވުނު ޤައުމުތަކުގައި ވޯޓުލުމަށް ކުރިން ރަޖިސްޓަރީ ވެފައިވާ ރައްޔިތުން ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައި އޮންނާނީ އެމީހަކު ރަށްވެހިވެފައިވާ ރަށެއްގައެވެ.

ވީމާ، އިސްވެ ބަޔާންކުރެވިފައިވާ ޤައުމު ތަކުގައި ދިރިއުޅޭ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

01 މާރިޗު 2021