ދިވެހިރާއްޖެ
އަންދާސީ ހިސާބުބޭނުންވެއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބަލަހައްޓަމުން ގެންދާ މެދު ޒިޔާރަތް، ބޮޑުތަކުރުފާނު ޒިޔާރަތް، އަލިރަސްގެފާނު ޒިޔާރަތް، ކަޅުވަކަރު މިސްކިތް އަދި މާލޭ ހުކުރު މިސްކިތު ގޯތިތެރެއަށް 6 އިންޗި ބޯމިނުގައި ތިރީގައިވާ އަދަދަށް ވެލިލައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
# |
އާސާރީ ތަން ނުވަތަ މިސްކިތް |
ވެލީގެ ބާވަތް |
އަކަފޫޓް |
1 |
މޭލޭ ހުކުރު މިސްކިތް |
ކަށިވެލި |
7358.6 |
2 |
ކަޅުވަކަރު މިސްކިތް |
ކަށިވެލި |
6784.1 |
3
|
ބޮޑުތަކުރުފާނު ޒިޔާރަތް |
ހިމުން ދޮންވެލި |
148.26 |
ކަށިވެލި |
1768.30 |
||
4 |
އަލިރަސްގެފާނު ޒިޔާރަތް |
ހިމުން ދޮންވެލި |
346.1 |
ކަށިވެލި |
4310.7 |
||
5 |
މެދުޒިޔާރަތް |
ހިމުން ދޮންވެލި |
346.1 |
ކަށިވެލި |
4310.7 |
މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 މާރިޗް 2021 ވާ ހޯމަ ދުވަހުން ފެށިގެން 07 މާރިޗް 2021 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ޕްރޮޖެކްޓްގެ މަޢުލޫމާތު ކަރުދާހާއި ބީލަން ފޮތް ގެޒެޓްގެ އެޓޭޗްމަންޓްގައި އެޓޭޗްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 މާރިޗް 2021 ވާ އާދިއްތަ ދުވަހު 13:00 ގައި ޤައުމީ ދާރުލްއާސާރުގެ މީޓިން ރޫމުގައެވެ. ރަޖިސްޓްރީކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމެންޓް ޔުނިޓް
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު
ޤައުމީ ދާރުލްއާސާރު
ޗާންދަނީމަގު، މާޅެ، ދިވެހިރާއްޖެ
ފޯން: 3340202 / 3323206
އީ-މެއިލް: [email protected]
ކޮޕީ މެއިލް: [email protected]
17 ރަޖަބު 1442
01 މާރިޗް 2021