ޢާންމު މަޢުލޫމާތު
ނަންބަރު: 22-TF/1/2014/129
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2014
ޕަބްލިޝްކުރި ގަޑި: 12:52
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުހިޔާ އިމާރާތުގެ ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ލިސްޓު ގެޒެޓުކުރުން

އިޢުލާން

އެދުރުހިޔާ އިމާރާތުގެ ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ލިސްޓު ގެޒެޓުކުރުން

މި މިނިސްޓްރީގެ ނަންބަރު 22-TF/1/2014/16 (26 ޖަނަވަރީ 2014) އިޢުލާނާއި،  ނަންބަރު 22-TF/1/2014/63  (19 މާރިޗު 2014) އިޢުލާނާ ގުޅިގެން އެދުރުހިޔާގެ ފްލެޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ލިސްޓު 19 މޭ 2014 އިން ފެށިގެން ގެޒެޓުކުރެވޭނެއެވެ. އަދި މިލިސްޓު މިނިސްޓްރީގެ ނޯޓިސްބޯޑުގައި ބެހެއްޓުމުގެ އިތުރަށް، މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ގައާއި، ތަޢުލީމީ ފަންޑުގެ ވެބްސައިޓް www.thauleemeefund.com.mv ގައި 19 މޭ 2014 އިން ފެށިގެން ޝާއިޢު ކުރެވޭނެއެވެ.

އެދުރުހިޔާގެ ޢިމާރާތުން އާންމުކޮށް ކުއްޔަށް ދޫކުރާގޮތަށް ހަމަޖެހިފައިވާ އެއްކޮޓަރީގެ 15 ފްލެޓާއި 2 ކޮޓަރީގެ 60 ފްލެޓް ދޫކުރާނީ، " އެދުރުހިޔާ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލު" ގެ 6 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

ވީމާ، އެދުރުހިޔާގެ ފްލެޓަށް އެދި ފޯމު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޕޮއިންޓް ލިބުމުގައި ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 2014 މޭ 19 އިން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި (2014 މޭ 19 ވަނަ ދުވަހުގެ 9:00 އިން 2014 މޭ 25 ވަނަ ދުވަހުގެ 14:00 އަށް) ތަޢުލީމީ ފަންޑުގެ އިދާރާ / ވެލާނާގެ 8 ވަނަ ފަންގިފިލާގައިވާ މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރަށް ލިޔުމުން ޝަކުވާ ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

19 ރަޖަބު  1435

18 މޭ 2014