ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2021/11
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 07 މާރިޗު 2021 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ޑެޕިއުޓީ ހެޑް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ގާނޫނީ ދާއިރާއިން ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިން ނުވަތަ ބޭންކިން ނުވަތަ އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާޞިލްކޮށްފައިވުން.
  • ފައިނޭންޝަލް އިންޓެލިޖެންސް ނުވަތަ ފައިނޭންޝަލް އެނަލިލިސްގެ ދާއިރާއިން ނުވަތަ މިދާއިރާތަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރުމާއި، އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ އިސްވެރިޔާ ނެތް ޙާލަތުގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ހިންގުން.
  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއާ ގުޅުން ހުރި ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިދާރީ ހިންގުމުގެ މަސައްކަތް އިސްނަގައިގެން ކުރުން.
  • ޤާނޫން ހަދާ ފަރާތްތަކާއި ތަންފީޒީ އިދާރާތަކާއެކު ގުޅުން ޤާއިމްކުރުން

މުސާރަޔާއި އިނާޔަތްތައް

28,000.00 – 35,000.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކްރެޑިޓް އިންފޮމޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާއާއި ހުނަރު ހުރި ފަރާތްތަކަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ތަމްރީނާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކްރެޑިޓް އިންފޮމޭޝަން ސެކްޝަނަށް ލިބޭ ކުރެޑިޓް ޑޭޓާ ޗެކްކޮށް ޑޭޓާގެ ސައްހަކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން  އަދި ޑޭޓާއާ ބެހޭ ރިޕޯރޓްތައް ތައްޔާރު ކުރުން.
  • ކްރެޑިޓް އިންފޮމޭޝަންގެ ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައާއި ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
  • ކްރެޑިޓް އިންފޮމޭޝަންގެ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބޭނުންްވާ ދިރާސާތައްކޮށް ކްރެޑިޓް އިންފޮމޭޝަންގެ ނިޒާމް ހަރުދަނާކުރުމަށް ގެންނަންޖަހޭ ބަދަލުތައް ހުށަހަޅާ އެފަދަ ބަދަލުތައް ގަނައުމުގެ މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.
  • ރާއްޖޭގެ ޤާނުތަކާ ޤަވާއިދުތަކާ އަދި ރާއްޖޭގެ ކޯޓުތަކުގެ އިޖުރާޢަތްތަކާ ބެހޭ މައުލޫމާތު ހުރުން
  • ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން (ޢާއްމު އަދި ޤާނޫނީ ބަސްމަގުން) ލިޔެކިޔުމުން މުޢާމަލާތުކުރުމުގެ ހުނަރާ ތަޖްރިބާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އެމްއެމްއޭގެ މަސައްކަތައް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް އިސްލާހުކޮށް ޑްރާފްޓް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޑިވިޜަން:

ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރުކޮށް އަދި ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުމާއި، އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުންނާ އެކުގައި އޮޑިޓްގެ މަސައްކަތްކުރުމުގައި މުޢާމަލާތުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޝަން:

ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޑެވެލޮޕްމެންޓް ޕްރޮޖެކްޓްސް ސެކްޝަން / ގަވަރނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ސްޓްރެޓެޖިކް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓް ނުވަތަ ފައިނޭންސްއާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން
  • ހިންގުމުގެ ދާއިރާގައި ނުވަތަ ސަޕޯޓް އޭރިޔާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތަލަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ސްޓްރެޓެޖިކް ޕްލޭނިންގައި ކަނޑައަޅާފައިވާ ކަންކަން ހިނގާ ނުހިގާގޮތް ބެލުމާއި ޑިވެލޮޕްމެންޓް ޕްރްޖެކްޓަކުގެ އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.

މުސާރަޔާއި އިނާޔަތްތައް

  • 16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން.
  • ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭއަށް ބޭނުންވާ ސޮފްޓްވެއަރ ތަކުގެ ރިކުއަރމެންޓްތައް ހޯދުމާއި ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމާއި ޓެސްޓްކުރުމުގައި އެހީތެރިވެދިނުން.
  • މުވައްޒަފުންނަށް ބޭނުންވާ އައިޓީ ދާއިރާގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
  •  

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން:

މީޑިއާ އެންޑް ކޮމިޔުނިކޭޝަން ސެކްޝަން / ގަވަރނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ނުވަތަ ގްރެފިކްސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން.
  • ގްރެފިކް ޑިޒައިނިންއާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ދާއިރާގެ ތައުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭއިން ޝާއިޢުކުރާ އެކިއެކި ރިޕޯޓްތަކާއި ޕަބްލިކޭޝަންތަކުގެ ލޭއައުޓް ޑިޒައިންކުރުމާއި، އެމްއެމްއޭއިން އިންތިޒާމްކުރާ ޖަލްސާތަކާއި ހަފްލާތަކުގެ ފޮޓޯ އަދި ވީޑިއޯ ނެގުމާއި، ވީޑިއޯ އެޑިޓްކުރުމާއި، ގްރެފިކްސް އެމިނޭޝަން ހެދުމާއި އެކަންކަމާ ގުޅޭ ޚަބަރުތައް ތައްޔާރުކުރުން.
  • އެމްއެމްއޭގެ ސޯސަލް މީޑިޔާގެ އެކައުންޓްތައް ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން.

 

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ހިންގުމުގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްޓޮކް އަދި ޑޮކިއުމެންޓް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުން.
  • އާކައިވް އަދި ފައިލިން ސިސްޓަމް ބެލެހެއްޓުން.
  • ޑިސްޕެޗް އަދި އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
  • ރިސެޕްޝަންގެ މަސައްކަތްތައް (އޮތޯރިޓީއަށް ސިޓީ ފަދަ ތަކެތި ބަލައިގަތުމާއި، އެ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، ފައިލްކުރުމާއި އޮތޯރިޓީގެ ޖެނެރަލް ލައިނަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުން).

 

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

07 މާރިޗް 2021 ވަނަ ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ.  އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

01 މާރިޗު 2021