މަސައްކަތް
ނަންބަރު: (IUL)248-ED/248/2021/27
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 08 މާރިޗު 2021 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު އާސާރީ މިސްކިތް މަރާމާތު ކުރުމަށް

    މިރަށު އާސާރީ މިސްކިތުގެ މަރާމާތު މަސައްކަތް ކުރުމަށް ބޭނުން ވެއްޖެއެވެ.

    މިރަށު އާސާރީ މިސްކިތުގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާގެ ނަންބަރު (IUL)248-ED/248/2021/2 (13 ޖަނަވަރީ 2021) ގެ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ  ހިސާބުތަކަކީ އެކަށީގެންވާ އަންދާސީ ހިސާބު ތަކަކަށް ނުވާތީ އެޢިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

    ވީމާ، މިމަސައްކަތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 މާރިޗު 2021 އިން 08 މާރިޗު 2021 އަށް ބަންދުނޫން ކޮންމެދުވަހަކު 10:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް ރެޖިސްޓަރީ ކުރެއްވުމަށްފަހު 09 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

    މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް އާސާރީ މިސްކިތް މަރާމާތު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 މާރިޗު 2021