ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343/343/2021/ 11
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 08 މާރިޗު 2021 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ގޮތުން މިސްކިތު އިމާމުންގެ މަސައްކަތް ކުރުމަށް މީހުން ހޯދުމާއި ގުޅޭ:

 

އިޢުލާން

ވަގުތީ ގޮތުން މިސްކިތު އިމާމުންގެ މަސައްކަތް ކުރުމަށް މީހުން ހޯދުމާއި ގުޅޭ:

 

                     މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަމްބަރު 142-B/2017/52 ( 20 ސެޕްޓެމްބަރު 2021 ) ސ. ހަވާލާދީ ދަންނަވަމެވެ. މިސްކިތުގެ އިމާމުން ޗުއްޓީ ނެގުމުން އެމަސައްކަތް ކުރުމަށް މީހަކު ހޯދުމަށް އިޢުލާންކޮށް މީހަކު ހަމޖެއްސުމުގައި ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ، މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތައް ހޯދުމަށް އިޢުލާންކޮށް މި ކަމަށް އެދޭފަރާތް ތަކުގެ ތެރެއިން އެންމެ ޤާބިލްފަރާތެއް ހޮވައި ވޭޖް އެމްޕްލައިމަންޓް އުޞޫލްގެ ދަށުން 1 އަހަރު ދުވަހުގެ މުއްދަތަށް އެފަރާތާއި އެކު އެއްބަސްވުމެއް އެކުލަވާލާފައި ބޭއްވުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 08 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކާއެކު ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އައި.ޑީ ކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

 

  ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާން ކުރަމެވެ.

17 ރަޖަބު   1442

 01 މާރިޗް   2021

01 މާރިޗު 2021