މަސައްކަތް
ނަންބަރު: (IUL)248-ED/248/2021/24
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 09 މާރިޗު 2021 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ ޕްރީސްކޫލް އިމާރާތް ހިޔާ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

     ހއ. އިހަވަންދޫ ޕްރީސްކޫލް އިމާރާތް ހިޔާކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާގެ ނަންބަރު (IUL)248-ED/248/2021/15 (28 ޖަނަވަރީ 2021) ގެ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ  ހިސާބުތަކުގެ ޝަރުތު ފުރިހަމަ ނުވާތީ އެޢިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

     ވީމާ، މިމަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 02 މާރިޗު 2021 އިން 09 މާރޗު 2021 އަށް ބަންދުނޫން ކޮންމެދުވަހަކު 10:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް ރެޖިސްޓަރީ ކުރެއްވުމަށްފަހު 10 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

     މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އިތުރަށް މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑިތަކުގައި މިއިދާރާއިން ސާފުކުރެއްވުމަށް ދެންނެވީމެވެ.  އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ޕްރީސްކޫލް އިމާރާތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 މާރިޗު 2021