މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
|
ގްރޭޑް:
|
5
|
ސްޕައިން ޕޮއިންޓް:
|
24
|
މުސާރަ:
|
މަހަކު 7,151.26 ރ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83 ރ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮންމެ ޓާމެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކުގެ ހާޒިރީ ފައިލްތައް ތައްޔާރުކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އާއި ލެކްޗަރަރުންގެ ކަރެސްބޮންޑެސް އާއި ދަރިވަރުންގެ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
- ކޯސްތަކުގައި ކިޔަވާދެއްވާ ލެކްޗަރަރުންނަށް ބޭނުންވާ ޑޮކިއުމަންޓްސްތައް ޕްރިންޓް ކުރުމާއި، ދެއްވާ ޕޭޕަރުތައް ފޮޓޯކޮޕީ ހައްދާ ލެކްޗަރަރުންނާއި ހަވާލު ކުރުން.
- ލެކްޗަރަރުން ދަރިވަރުންނަށް އަންގަވާ އެންގެވުންތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑުގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި، އެކްސްޓްރާ ކުލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް ނޯޓިސް ނެރުން. އަދި ޕަބްލިކް ލެކްޗަރތައް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައި، އެކަން ދަރިވަރުންނަށް އެންގުން.
- ސެމިސްޓަރއެއްގެ ކޮންމެ ހަތަރު ހަފުތާއިން ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީ ތައް ގަވައިދުން ފައިލްކޮށް ބެލެހެއްޓުން.
- އެކިއެކި ކަންކަމާއިގުޅިގެން ދަރިވަރުން ހުށަހަޅާ ސިޓީ/ފޯމްތައް ބަލައިގަނެ ސްކޫލްގެ ފަރާތުން ސޮއި ކުރުވާ ތައްގަނޑު ޖަހާދިނުން. ދަރިވަރުންގެ އެސައިންމަންޓްތައް ނަގައި ލެކްޗަރާއިންނާ ހަވާލުކުރުން.
- ބިޒްނަސް ޑިޕާޓްމަންޓްއިން ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، އީމެއިލް، ޓްވީޓް މިފަދަ ތަކެތި ހަވާލުކުރާތާ މަސައްކަތު އެއް ދުވަސްތެރޭ ފޮނުވަންޖެހޭ ފަރާތަށް ފޮނުވުމާއި ކުރަން ހަވާލުކުރެވޭ ފޯންކޯލްތައް ކުރުމާއި އެތަކެތި ފައިލް ކޮށްބެލެހެއްޓުން.
- ބިޒްނަސް ޑިޕާޓްމަންޓްއިން ބޭނުންވާ ދަރިވަރުންގެ ކަންތައްތައް ދުވަހުން ދުވަހަށް ނިންމުން.
- ޑިޕާރޓްމަންޓް އަދި ކެމްޕަސްތަކުގެ ސަބްޖެކްޓް އިވެލުއޭޝަން ހަދާ، ރިޕޯޓު ތައްޔާރުކުރުން.
- ސްކޫލްއިން ދަރިވަރުންނާއި ލެކްޗަރަރުންނަށް ބާއްވާ މީޓިންތަކާއި، އޭ.އާރު.ސީ. ކޮމެޓީގެ މީޓިންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދުވަހާއި ގަޑި އަންގާ މީޓިން ތަކުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން. އަދި މީޓިން ތަކުގެ ޔައުމިއްޔާ މީޓިން ބޭއްވޭތާ މަސައްކަތު 2 ދުވަސް ތެރޭގައި ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
- ޕަވާރކެމްޕަސް އިން ސެކުޝަންތައް ތައްޔާރުކޮށް ސެލްފްސާރވިސްއަށް އެކުސަސް ދިނުމާއި ޓައިމްޓޭބަލް ޕަވާރކެމްޕަސް އަށް އެންޓަރކުރުމާއި ގެންނަ ބަދަލުތައް ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސެލްފް ސާރވިސް އާއި މޫޑުލް އަށް އެކްސަސް ވުމުގައި ދަރިވަރުން އަދި ލެކުޗަރާއިންނަށް ދިމާވާ މައްސަލަތައް ސްޓޫޑަންޓް ސާރވިސް އަށް އަންގައިގެން ރަގަޅުކުރުން. ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކުރުން.
- ފެކަލްޓީ އިން ކެމްޕަސްތަކަށް ދަތުރުކުރާ ލެކުޗަރާއިންގެ ދަތުރުތަކުގެ ޓިކެޓް ބުކްކޮށް ދަތުރުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމާއި، ލެކުޗަރާއިންއަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން.
- ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި އޮފީހުގެ ޑިއުޓީ ތާވަލާ އެއްގޮތަށް އޮފީހަށް ނިކުމެ ޑިއުޓީ ބަލަހައްޓާ ދިނުން.
- އިދާރީ މުވައްޒަފަކު ސަލާމްބުނެ ނުވަތަ ޗުއްޓީއެއް ނަގައިފި ނަމަ ސްކޫލްއިން ހަމަޖައްސަވާ އުސޫލްގެ މަތީން އެމުވައްޒަފްއާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން.
- މިނޫންވެސް މަޤާމާ ގުޅޭގޮތުން ސްކޫލްއިން ޙަވާލުކުރާ ކަންތައްތައްކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2021 މާރިޗު 07 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
http://bit.do/MNUjobs-BS-19
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
http://bit.do/MNU-JobApplicationForm
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދުގެ ކޮޕީ)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- މި މަޤާމުގެ މަސައްކަތު ގަޑި: ކިޔެވުން އޮންނަ ދުވަސްތަކުގައި މަސައްކަތް ކުރާނީ މެންދުރު 12:00 އިން ރޭގަނޑު 6:00 އަށެވެ. އެ ނޫން ދުވަސްތަކުގައި ހެނދުނު 8:00 އަކުން މެންދުރު 2:00 އަށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަންބަރު ފޯނަށެވެ.
|