ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-D/266/2021/22
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 31 ޑިސެންބަރު 2021 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށިން ފުރާނާފައިވާ ކަޅުވެލި އާންމުންނަށް ދޫކުރުމާބެހޭ.

ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު ކުނިކޮށިން ފުރާނައިގެން ނެގޭ ވެލި ޢާންމުންނަށް ވިއްކުމަށް "ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ ތިންވަނަ ދައުރުގެ 177 ވަނަ ޢާންމު ބައްދަލުވުމުން" ވަނީ ނިންމާފައެވެ.

ވީމާ، ވެލި ގަތުމަށް ޝައުޤުވެރިވެރިވެލައްވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްއެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށައަޅާ، ފައިސާ ދެއްކުމުން، ރަސްމީ ދުވަސްތަކުގައި 09:00 ން 11:30 އަށެވެ. އަދި ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ވެއްޔަށް އެދި ފޯމު ހުށައަޅާ ތަރުތީބުން ވެލި ހުސްވަންދެން ކަމުގައި ދަންނަވަމެވެ. ވެލި ހޯދުމަށް އެދި ހުށަހަޅާ ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި މިއިދާރާގެ ވެބް ސައިޓު www.kulhudhuffushicity.gov.mv އިން ލިބެން ހުންނާނެއެވެ.

ވެލި ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް:

2 ޓަނުގެ 1 ލޮރީގެ ވެލި -/500 (ފަސްސަތޭކަ ރުފިޔާ)

8 ޓަނުގެ 1 ލޮރީގެ ވެލި -/1000 (އެންހާސް ރުފިޔާ)

28 ފެބުރުވަރީ 2021