ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)IM/1/2021/06
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 04 މާރިޗު 2021 18:00
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓަރ

 

މަޤާމުގެ ނަންބަރު:

J-283170

 

ބޭނުންވާ އަދަދު:

01

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އެމް.އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޢިމާދުއްދީން ސްކޫލް / ކ. މާލެ

 

މުސާރަ:

7035.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ސަޕޯރޓިން ކޯ އެލަވަންސްގެ ގޮތުގައި 900.00 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.ކޮންމެ މަހެއްގެ 15 ވަނަ ދުވަހުން ފެށިގެން މުސާރައިގެ ކަންތައްތައް ކުރިއަށްދޭތޯބަލައި ޗެކްކުރުން.

2.މުވައްޒަފުންނަށްދެވޭ އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެހެނިހެން އެލަވަންސްތަކުގެ ތަފްސީލް ޗެކްކޮށް ޝީޓްތަކުގައި ސޮއިކުރުމަށްފަހު މުސާރަހަދާ މުވައްޒަފުންނާއި ހަވާލުކުރުން.

3. ސްކޫލަށްލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރެވޭ ވައުޗަރގައިވާ ޢަދަދުތައް ޗެކްކުރުމަށްފަހު ސޮއިކޮށް ބިލްތައް ޕޯސްޓްކުރުން.

4.ބަޖެޓާ ގުޅުންހުރި އެކައުންޓްތައްކަމުގައިވާ އާމްދަނީ، ވަގުތީ، ޓްރަސްޓް ފަންޑް އަދި ތިޖޫރީ ރިޕޯޓުތައް ޤަވައިދުން ފޮނުވަމުން ގެންދޭތޯ ބަލައި ޗެކްކުރުން.

5.ކޮންމެ އަހަރެއްގެ ބަޖެޓް ލިބުމުން، ކޯޑްތަކުގެ ފައިސާހުރިތޯބަލައި ޗެކްކޮށް، ފައިސާ މަދުވާ ކޯޑްތައް ފައިސާ ހޯދުން.

6.ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކޭޝްފުލޯ ހަދާފައި ފޮނުވަމުންދޭތޯ ޗެކްކުރުން.

7. ކޮންމެ އަހަރަކުވެސް ސްކޫލަށް ލިބޭ ބަޖެޓުން އަހަރުދުވަހަށް ވާނޭހެން ޚަރަދުތައް ކޮންޓްރޯލްކޮށް ބެލެހެއްޓުން. 

8.ސްކޫލްގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފާހަގަކޮށް ބަޖެޓްތަންދޭ މިންވަރަކުން ކަމާގުޅޭ މުވައްޒަފުންލައްވައި އެމަސައްކަތްތައްކުރުވުން. 

9.ސްކޫލުން އިއުލާންކޮށްގެން ކުރެވޭ މަސަައްކަތްތައް ކުރެވެމުންދަނީ ދައުލަތުގެ މާލީ ޤަވައިދުގައިވާގޮތުގެމަތިންކަން ކަށްވަރުކުރުން. 

10.ބަޖެޓަށްފައިސާލިބޭ މިންވަރަކަށްބަލައި ދަރިވަރުންގެ ޒަމާނީ ތަޢުލީމާ ގުޅޭގޮތުން ހޯދަންޖެހޭތަކެތި ހޯދުން.

11.އޮފީސްހުޅުވާ ލެއްޕުމުގެ ތާވަލްހަދައި ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާނޭގޮތުގެމަތިން ތާވަލްކުރުން.

12. ސްކޫލުން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ސްކޫލްގެ އިދާރީ، ހިޔުމަންރިސޯސް އަދި ބަޖެޓްގެ  މަސައްކަތްތައް ރާވާ ހިންގުން.

13.ސްކޫލުން ފާހަގަކުރާ ޚާއްސަ ދުވަސްތަކާއި ހަރާކާތްތަކަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.

14.ސްކޫލްގެ ކިޔަވައިދިނުން ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް އެހީތެރިވެދީ މަގުފަހިކޮށްދިނުން.

15.ޓެކްނޮލޮޖީގެ ގޮތުން ސްކޫލަށް ގެނެވިދާނެ ތަރައްޤީދެނެގަނެ ކުރިއެރުވިދޭނެގޮތްތައް ބަލައި އެކަންތައްތައް ތަޢާރަފްކުރުން.

16.ސްކޫލްގެ ކޮމްޕިޔުޓރަ ސިސްޓަމް،ޕްރިންޓަރ، ޕްރޮޖެކްޓަރ، ފޮޓޯކޮޕީ މެޝިން ފަދަ ތަކެތި  މަސައްކަތްތަކަށް ބޭނުންކުރެވޭނޭގޮތަށް އަޕްގްރޭޑްކޮށް ބަލަހައްޓަމުން ގެންދޭތޯ ޗެކްކުރުން.

17.މުވައްޒަފުންގެ މަސައްކަތްތަކާގުޅޭ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ސްކޫލްގެ ބަޖެޓް ތަންދިން މިންވަރުން ރާވާ ހިންގުން.

18. ބަޖެޓް ޕްލޭން ސްކޫލްގެ ކުރިއެރުމާ އެއްގޮތަށް ބައްޓަންކޮށް ކުރިއަށްގެންދިޔުން. ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ބޭނުންވާ ސާފުފެނާއި ފާޚާނާގެ ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުން.

19. ސްކޫލްގެ ފަރާތުން ހާޟިރުވާންޖެހޭ ބައްދަލުވުންތަކަށް ޤަވައިދުން ހާޟިރުވުން.

20. ސްކޫލަށް ބޭނުންވާ މަޤާމްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުވުން.

21. ސްކޫލަށް އަލަށްވެއްދޭ މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގްރާމް ކުރިއަށްދާގޮތް ރަނގަޅަށްބަލައި މޮނިޓަރކުރުން.

22. ސްކޫލަށް އަލަށް ވަޒީފާ ހަމަޖެހޭ މުވައްޒަފުންނާއި ވަކިވާ މުވައްޒަފުންނާއި އަދި އެހެން އިދާރާތަކަށް ބަދަލުވާ މުވައްޒަފުންގެ މައުލޫމާތު ރަނަގަޅަށް ބަލަހައްޓާތޯ ޤަވައިދުން ޗެކްކުރުން.

23. ބިދޭސީ ޓީޗަރުންގެ ވާރކްޕާމިޓާއި ވިސާގެ ކަންތައްތައް ޤަވައިދުން ކުރިއަށްދޭތޯ ޗެކްކުރުން.

24. މުވައްޒަފުންނަށްދެވޭ ވަޒީފާގެ ކުރިއެރުން ޤަވާއިދާ އެއްގޮތަށް ދުވަހުން ދުވަހަށް ކުރިއަށް ގެންދޭތޯ ޗެކްކުރުން.

25. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށް ގެންދޭތޯ ޗެކްކުރުން.

26. މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުމަށް މުވައްޒަފުންނަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދީއެހީތެރިވެދިނުން

27.ކޮންމެ އަހަރަކުވެސް ސްކޫލްގެ މަސައްކަތަށް ދަތިނުވާނޭގޮތުގެމަތިން މުވައްޒަފުންގެ ޗުއްޓީގެ ތާވަލްހެދުން.

 

 

މަޤާމުގެ ޝަރުޠުތައް:

1 .މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3.މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެުއޮނިގަނޑުގެ ލެވެލް9 އިން ފެށިގެން މަތީގެ ގެސަނަދެއް ޙާޞިލްކޮށްފައިވުން.

 

ގުޅޭ ތަޢުލީމީ ދާއިރާތައް:

-          އެޑްމިނިސްޓްރޭޝަން

-          މެނޭޖްމަންޓް

 

ގުޅޭތަޢުލީމީ ރޮނގުތައް:

-          އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މަނޭޖްމަންޓް

-          މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 18.00  ގެ ކުރިން، ޢިމާދުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ  ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  07 މާރޗް 2021 އާއި 11 މާރޗް 2021  އާ ދެމެދު، ޢިމާދުއްދީން ސްކޫލްގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315759 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

                                                                     16 ރަޖަބް 1442

28 ފެބުރުވަރީ 2021