ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A2/1/2021/15
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:53
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ގެ ވިލިމާލެ އަވަށުގެ 475 ރުއް 1 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ބިޑްހުށައެޅުމުގެ ފުރުސަތު ހުޅުވާލުން

            މާލޭސިޓީގެ ވިލިމާލެ އަވަށުގައިވާ ރުށްތަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން 1 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

            ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، ބިޑްހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ކަނޑައެޅިފައިވާ ގަޑިއަށް މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވައި ބިޑްހުށަހެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

7 މާރިޗް 2021

11:00

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ އޮފީސް

އަގު ހުށަހެޅުން

11 މާރިޗް 2021

11:00

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ އޮފީސް

 

           މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.

           

27 ފެބުރުވަރީ 2021