ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-C/30/2021/47
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 09 މާރިޗު 2021 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ ހޮޓްޑިޕް ގަލްވަނައިޒްޑް ޗެއިން ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުމަށް

`

   (IUL)30-C/30/2021/47 :ނަންބަރު

 

2 ވަނަ އިޢުލާން

އިޢުލާން

                  މިމިނިސްޓްރީގެ ބޭނުމަށް ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ ތިރީގައިވާ ތަކެތި ތައްޔާރުކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2021/18 (02 ފެބްރުއަރީ 2021) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބީލަންތަކުގެ ޝަރުތު ފުރިހަމަނުވާތީއާއި، ކަނޑައެޅިފައިވާ ބަޖެޓަށްވުރެން ބޮޑުވުމާއި އަދި އެކަމަށް އެކަށީގެންވާ ރަނގަޅު ފަރާތެއް ލިބިފައި ނުވާތީ އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ހޮޓްޑިޕްގަލްވަނައިޒްޑްޗެއިން

ތަކެތި ގެންދަންޖެހޭތަން: ހުޅުމާލޭގައިހުންނަމިމިނިސްޓްރީގެފެޑްސެންޓަރ

 

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 މާރަޗް 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި އަދި ފޯރުކޮށްދޭންޖެހޭ ތެކެތީގެ މައުލޫމާތު މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

 

               މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282 އަދި 3339267 ނަންބަރު ފޯނަށެވެ.

25 ފެބުރުވަރީ 2021