ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-C/30/2021/48
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 09 މާރިޗު 2021 10:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ފަރާތުން ފިޝަރީޒް ރޭންޖަރުންގެ ޚިދުމަތް ޤާއިމްކުރުމަށް ބޭނުންވާ ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުމަށް

`

   (IUL)30-C/30/2021/48 :ނަންބަރު

 

1 ވަނަ އިޢުލާން

އިޢުލާން

               މިމިނިސްޓްރީގެ ފަރާތުން ފިޝަރީޒް ރޭންޖަރުންގެ ޚިދުމަތް ޤާއިމްކުރުމަށް ބޭނުންވާ ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)30-C/30/2021/17 (02 ފެބްރުއަރީ 2021) އިޢުލާނާއި ގުޅިގެން ފޯރުކޮށްދޭންޖެހޭ ތަކެތީގެ ސްޕެސިފިކޭޝަން އަށް ބަދަލު އައުމާއި ގުޅިގެން އެއިޢުލާން ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 މާރޗް 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

 

               މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339283 އަދި 3339278 ނަންބަރު ފޯނަށެވެ.

 

25 ފެބުރުވަރީ 2021