ބީލަން
ނަންބަރު: MNU-CA-PR/2021/007
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި:
08 މާރިޗު 2021 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޅ. ހިންނަވަރު ކެމްޕަސްގެ ކުރެހުންތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސްދީ އަދި ވަށާފާރު ފައިނަލް ކުރުމަށްފަހު އެކުރެހުންތަކުގެ މައްޗަށް ބިނާކޮށް ބީއޯކިއު ހަދައިދިނުމާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށްދިނުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޅ. ހިންނަވަރު ކެމްޕަސްގެ ކުރެހުންތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސްދީ އަދި ވަށާފާރު ފައިނަލް ކުރުމަށްފަހު އެކުރެހުންތަކުގެ މައްޗަށް ބިނާކޮށް ބީއޯކިއު ހަދައިދިނުމާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހަޅަން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
- މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް 08 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ބާއްވާ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 15 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން " ޅ. ހިންނަވަރު ކެމްޕަސްގެ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިއު ހަދައިދިނުމާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށްދިނުން" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ކުންފުނީގެ / ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 28 ފެބްރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.
ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛ ޕްރޮޖެކްޓް ސެކްޝަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345190 އީ-މެއިލް: [email protected] |
|
13 ރަޖަބް 1442ހ.
25 ފެބްރުވަރީ 2021މ.
25 ފެބުރުވަރީ 2021