ކުއްޔަށް ދިނުން
ނަންބަރު: (IUL)330-B/330/2021/9
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 02 މާރިޗު 2021 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާނު

އިޢުލާން

         މިރަށު ދިގުހިންނެއިގައި ހުރި ރަޢިއްޔަތުންގެ ރުކާއި ބަނބުކެޔޮ އަދި ކަށިކެޔޮ ގަސްތައް ކުއްޔަށް ހިފަންބޭނުންވާ ފަރާތް ތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

          ވީމާ މިތަކެތި ކުއްޔަށް ނަންގަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާއިން ފޯމް ނަންގަވާ ފުރުއްވުމަށްފަހު، 02 މާރޗް 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް، އަމިއްލަފަރުދެއްނަމަ، ދިވެހިރަޢިއްޔަތެއްކަން އަންގައިދޭ ކާޑުގެކޮޕީ، އަދި ކުންފުންޏެއް ފަދަ ރަޖިސްޓްރީ ކޮއްގެން ހިންގާ ފަރާތަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީއަކާއިއެކު ފޯމް ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

         އަދި ދަންނަވަމެވެ. އެސްޓިމޭޓް ހުށަހެޅުމަށް ބަދަލްގައި މީހަކު ފޮނުވާނަމަ، އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީގެ އިތުރުން އެސްޓިމޭޓް ހިފައިގެން އަންނަފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި މަޢުލޫމާތް ފުރިހަމަނުވާ ފޯމާއި، ލިޔުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  ފޯމެއްގެ އަގަކީ، -/100 ރުފިޔާއެވެ. ފޯމް ދޫކުރަމުން ގެންދާނީ ރަސްމީގަޑީގަ މިއިދާރާއިންނެވެ.

             

               25 ފެބުރުވަރީ 2021

25 ފެބުރުވަރީ 2021