ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)170-SA/170/2021/27
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 04 މާރިޗު 2021 13:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2021 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް ޤިރާއާތު ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2021 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް ޤިރާއާތު ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 

ތިރީގައި މިވާ ކޯހަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި  04 މާރިޗު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކުއްލިއްޔާ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާ

ލެވެލް 9

މާސްޓަރ އޮފް ޤިރާއާތު

  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 7 ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުން. ނުވަތަ،

ދިވެހި

ހަފްތާ ބަންދު ދުވަސްތަކުގައި (މެންދުރުފަހު)

20

1 އަހަރު (2 ސެމިސްޓަރ)

މާލެ

މޯޑް 1 (ކޯސް ވާރކް): 32,770/- ރުފިޔާ

މޯޑް 2 (ކޯސް ވާރކް އަދި ރިސާޗް): 38,605/- ރުފިޔާ

ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާ

ލެވެލް 9

މާސްޓަރ އޮފް ޤިރާއާތު

  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 7 ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުން.

 

ދިވެހި

ހަފްތާ ބަންދު ދުވަސްތަކުގައި (މެންދުރުފަހު)

20

1 އަހަރު (2 ސެމިސްޓަރ)

ފުވައްމުލައް ސިޓީ

މޯޑް 1 (ކޯސް ވާރކް): 32,770/- ރުފިޔާ

މޯޑް 2 (ކޯސް ވާރކް އަދި ރިސާޗް): 38,605/- ރުފިޔާ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 04 މާރިޗު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އޮންލައިންކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3022124، 3022125 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯރމް
  • ލިބިފައިވާ ސަނަދުތަކުގެ ކޮޕީ އަޞްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.

 

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • އައި.ޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3022124 އަދި 3022125 ނަންބަރަށެވެ. ނުވަތަ ޔުނިވަރސިޓީގެ ހޮޓްލައިން 7923247 ނަންބަރަށެވެ.
  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ.ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު (ކުރީގެ ނޫރާނީ ޕްރީސްކޫލް) ން ފޯމު ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
  • އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
  • އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

 

13 ރަޖަބު 1442

25 ފެބްރުވަރީ 2021

25 ފެބުރުވަރީ 2021