މަސައްކަތް
ނަންބަރު: (IUL)94-Q/1/2021/9
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 17:13
ސުންގަޑި:
07 މާރިޗު 2021 11:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓާރކްލައުޑް ބިލްޑިންގް ގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް ހިމެނޭ 4 (ހަތަރު) ފަންގިފިލާގައި އެލްމެނިއަމް ފަތިން ފްރޭމު ހަދައި ބިއްލޫރިން ޕާރޓިޝަން ޖެހުމާއި، ސެކްޝަންތަކަށް ކަރަންޓްލުމާއި ކެޓްވޯރކު އެޅުމުގެ މަސައްކަތް އަދި މީގެ އިތުރުން ސާރވިސް އޭރިޔާގެ ކައުންޓަރުތައް ހެދުމަށް.
ޕްރޮޖެކްޓް ނަންބަރު: PC-942021W-06
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
- ސްޓާރކްލައުޑް ބިލްޑިންގް ގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް ހިމެނޭ 4 (ހަތަރު) ފަންގިފިލާގައި އެލްމެނިއަމް ފަތިން ފްރޭމު ހަދައި ބިއްލޫރިން ޕާރޓިޝަން ޖެހުމާއި، ސެކްޝަންތަކަށް ކަރަންޓްލުމާއި ކެޓްވޯރކު އެޅުމުގެ މަސައްކަތް އަދި މީގެ އިތުރުން ސާރވިސް އޭރިޔާގެ ކައުންޓަރުތައް ހެދުމަށް ބޭނުންވެއެވެ.
- މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ހުށައެޅޭނީ މައުލޫމާތު ބައްދަލުވުމަށް ހާޒިރުވެ، ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- ބީލަން ހުށައެޅުން އޮންނާނީ 16 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330436, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
24 ފެބުރުވަރީ 2021