ދިވެހިރާއްޖެ
ޕްރިޒަން 3 ލޯންޗަށް 02 އިންޖީން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން:-
ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް މި ސަރވިސްގެ ނަންބަރު:- (IUL)167-PR/167/2021/01 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތް ކުރުމަށް ތިރީގައި ދެންނެވިފައިވާ ފަރާތަށް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 03ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވި ދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދު ނޫން5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
- 1. ބީލަން ޙަވާލުކޮށްފައިވާ ފަރާތް:-
ކުންފުނީގެ ނަން:- |
އެލިޔާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު:- |
790,496.08ރ |
ހުށަހަޅާފައިވާ މުއްދަތު:- |
06 ދުވަސް |
. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-
ކުންފުނީގެ ނަން:- |
ހަސަން މެރިން އިކުއިޕްމެންޓް ޝޮޕް |
ހުށަހަޅާފައިވާ އަގު:- |
841,114.87ރ |
ހުށަހަޅާފައިވާ މުއްދަތު:- |
15 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މި މަސައްކައް ޙަވާލު ކުރެވިފައިވަނީ މި މަސައްކަތައް ބިޑް ހުށަހަޅާފައިވާ ފަރާތް ތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅައި، ބިޑް އިވެލުއޭޝަންގެ އެންމެ މަތީ ވަނައެއް ހޯދާފައިވާ ފަރާތަށެވެ. |
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ 01 މާރިޗު 2021ވަނަ ދުވަހެވެ. މި ތާރީހައް ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އިގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
އީ.މެއިލް :-[email protected]
ސެކްޝަން :-Procurement section
ފޯން ނަންބަރު :-3026124 , 3026133