ޢާންމު މަޢުލޫމާތު
ނަންބަރު: : (IUL)HUR/1/2021/12
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 01 މާރިޗު 2021 11:00
ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
މި ސްކޫލްގެ ކޮންފަރެންސް ހޯލް، އޭވީ ރޫމް އަދި މަލްޓި ޕާޕަސް ރޫމްގައި ދޮރުފަތި ދެމުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު

~

 

ހުރަވީ ސްކޫލް

 

     މާލެ،

   ދިވެހިރާއްޖެ.

 އިޢުލާން ނަންބަރ:(IUL)HUR/1/2021/12

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލްގެ ކޮންފަރެންސް ހޯލް، އޭވީ ރޫމް އަދި މަލްޓި ޕާޕަސް ރޫމްގައި ދޮރުފަތި ދެމުމުގެ މަސައްކަތަށް, ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 މާރިޗް 01 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 މާރިޗް 08 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)  އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުރަވީ ސްކޫލް

ފޯން: 3350714 / 3350704

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

11 ފެބްރުއަރީ 2021

24 ފެބުރުވަރީ 2021