މަސައްކަތް
ނަންބަރު: (IUL)398/398/2021/12
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 02 މާރިޗު 2021 10:00
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހަށް މިސްކިތް މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ލ.މުންޑޫ މަސްޖިދުލް އަމާނާތުގެ އާބާތުރަ ފިލުވުމަށްޓަކައި ކުރަން ހުރި ބައެއް މަސައްކަތްތައް، ކައުންސިލްއިން މައިގަނޑު ތަކެތި ދިނުމުން ކައުންސިލްއިން ދޫކުރާ މައުލުމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ކައުންސިލްއިން ކުރުމަށް ބޭނުންވާ މައިގަނޑު މަސައްކަތްތައް

  1. 240 ފޫޓްގެ ތުރީފޭސް ކޭބަލް 02 ފޫޓަށް ވަޅުލައިގެން މިސްކިތުގެ މީޓަރާއި ހަމައަށް ގެންދިޔުމާއި އަދި މިހާރުއޮތް ކޭބަލް ނެގުމަށްފަހު މި އިދާރާއާއި ހަވާލުކުރުން
  2. ތުރީ ފޭސް މީޓަރ ހަރުކުރުމާއި 32 ބުރޭކަރުގެ ޑީބީ ހަރުކުރުމާއި އެކަމާއި ގުޅުން ހުރި މަސައްކަތް ކުރުން
  3. މިސްކިތުގެ މިމްބަރާއި ހަތަރު ތަބު ހެލަ ކަރުދާސްލުމަށްފަހު ވަރުނީސް ލުން.
  4. މިސްކިތުގެ ކުލަލަންޖެހޭ ބައެއް ފާރުތަކުގައި ކުލަލުން
  5. މިސްކިތުގައި ހަރުކޮށްފައިވާ 4 އޭސީ ސަރވިސްކުރުން

ވީމާ މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މުންޑޫ ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފްކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެއެވެ.

 

ތަފްސީލް

ތާރީހް

ދުވަސް

ގަޑި

ތަން

  މައުލޫމާތު ސާފުކުރުން

28 ފެބްރުއަރީ 2021

އާދީއްތަ

10:00

މުންޑޫ ކައުންސިލް އިދާރާ

އެސްޓިމޭޓް ހުށައެޅުން

02 މާރޗް 2021

އަންގާރަ

10:00

މުންޑޫ ކައުންސިލް އިދާރާ

 

އެހެންކަމުން މައުލޫމާތު ސާފްކުރުމަށް އަދި އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ގަޑިއަށް ސަމާލުކަން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެއެވެ.

24 ފެބުރުވަރީ 2021